ކ. މާލެ
|
17 މެއި 2020 | އާދީއްތަ 17:06
އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވާހަކަަދައްކަވަނީ
އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަފީރު ވާހަކަަދައްކަވަނީ
ހަފިންގްޓަން ޕޯސްޓް
ޗައިނާ ސަފީރު ނިޔާވުން
ޗައިނާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފިީރު ނިޔާވެއްޖެ
އޭނާގެ ހަށިގަނޑު ފެނިފައިވަނީ ދިރިއުޅުއްވާ ގެއިން
ސަފީރުގެ މަގާމަށް އައްޔަނު ކުރީ މިދިޔަ ފެބްރުއަރީ މަހު
ސަފީރު ނިޔާވީ ނިދިކުރައްވާފައި އޮންނަވަނިކޮށް

ޗައިނާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޫ ވޭއި ނިޔާވެއްޖެ އެވެ.

އިސްރާއީލުގެ ފުލުހުންގެ ތަރުޖަމާނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި، އުމުރުން 57 އަހަރުގެ ސަފީރު ނިޔާވީ ގުދުރަތީ މަރަކުންނެވެ.

ސަފީރުގެ ހަށިގަނޑު ފެނިފައިވަނީ ދިރިއުޅުއްވާ ގެއިންނެވެ.

ޗައިނާއިން އިސްރާއީލަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް ޑޫ ވޭއި އައްޔަނުކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

ރިޕޯޓުތައް ބުނާގޮތުން ސަފީރު ނިޔާވެފައިވަނީ ނިދިކުރައްވާފައި އޮންނަވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް