އިތުރު 47 މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވެ، ޖުމްލަ އަދަދު 1078ށް އަރައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުން ޕޮޒިޓިވްވެފައިވަނީ 19 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 22 މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ 2 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 4 މީހުންނެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ގެ ނިޔަލަށް 47 ކޭސް ފެނިފައިވާއިރު، އިތުރު މައުލޫމާތެއް އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ. މި އަދަދާއި އެކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1078 އަށް އަރާފައެވެ
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ބަޔަކު ނިސްބަތް ވަނީ ބަންގްލަދޭޝް އަށެވެ. ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ބަކު ނިސްބަތް ވަނީ ދިވެހިރާއްޖެ އަށެވެ. ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ ރައްޔިތުން ވެސް ހިމެނެ އެވެ.
ކުރިއަށް އޮތް ދެ ހަފުތާއަކީ ރާއްޖޭގައި ވައިރަސް ފެތުރޭ މިންވަރު އެންމެ އިތުރުވާނެ ދެ ހަފުތާ ކަމަށް އަންދާޒާތަކުން ދައްކާއިރު، މި ސަރޖް ތިރިކުރަން ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް މާހިރުން ވަނީ އިލްތިމާސްކޮށްފަ އެވެ. ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން އަންނަނީ މި ސަރޖަށް ތައްޔާރީތައް ވަމުންނެވެ.