ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 01:02
ބޭންކްތައް ވަށާގެން ދަގަނޑުފިލާ ޖެހުމުގެ މަސައްކަތް ކުރަނީ
އަލްއަރަބިއްޔާ
ލުބްނާންގައި ކުރަމުންދާ މުޒާހަރާ
ލުބުނާންގައި ކާބޯތަކެތި އަގު ބޮޑުވުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ބެންކްތަކަށް ހަމަލާ ދެނީ
ބައެއް ބޭންކްތަކުގައި އަލިފާން ރޯކޮށް ގެއްލުން ދީފައިވޭ
ހަމަލާތަކާ ގުޅިގެން ބައެއް ބޭންކްތަކުގައި ވަނީ ހަމަލާ ނުދެވޭ ގޮތަށް ދަގަނޑު ފިލާ ޖަހާފައި
ގިނަ ރައްޔިތުންތަކެއް ދަނީ ބަނޑަށް ޖެހެމުން

ލުބުނާންގައި ކާބޯތަކެތި އަގުބޮޑުވުމާ ގުޅިގެން ކުރަމުންދާ މުޒާހަރާތަކުގައި ބެންކްތަކަށް ހަމަލާތައް ދޭން ފަށައިފިއެވެ.

އަލްއަރަބިއްޔާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ލުބްނާންގައި ކާބޯތަކެތި އިންތިހާއަށް އަގުބޮޑުވުމާ ގުޅިގެން ރައްޔިތުން ނުކުމެ ކުރަމުންދާ މުޒާހަރާގައި ލުބްނާންގެ ނަބާތީ އަދި ޓްރިޕޮލީގައި ހުރި ބައެއް ބޭންކްތަކުގައި ވަނީ އަލިފާން ރޯކޮށް ގެއްލުންތަކެއް ދީފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބޭންކްތަކުން ވަނީ ބޭންކްތައް ވަށާ ދަގަނޑު ފިލާ ޖަހާ ރައްކައުތެރި ކުރުމަށް ފާރެއް ހަދާފައެވެ. މިކަމަށް ބޭންކްތަކުން ގާތްގަނޑަކަށް 4800 އެއްހާ ޑޮލަރު ހޭދަ ކުރަމުންދާ ކަމަށާއި، މިކަމާ ގުޅިގެން ވެސް ބައެއް ރައްޔިތުން ނުރުހުންފާޅު ކުރަމުންދާ ކަމަށެވެ.

ލުބްނާނުގައި ގިނަ ރައްޔިތުންތަކެއް ކާބޯތަކެތި ނުލިބި ބަަނޑަށް ޖެހެމުންދާއިރު، ދަގަނޑު ފާރަށް ހަރަދު ކުރުމަށްވުރެ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ހަރަދު ކުރުމަށް މުޒާހަރާ ކުރަމުންދާ މީހުން ވަނީ ގޮވާލާފައެވެ.

2019 ވަނަ އަހަރުގެ އޭޕްރީލްއިން ފެށިގެން ލުބްނާންގައި ކާބޯތަކެތީގެ އަގު ވަނީ 55 އިންސައްތަ މައްޗަށް ޖެހިފައެވެ. އަދި ޓޮމާޓޯ، ލޮނުމެދު ފަދަ ބާވަތްތަކުގެ އަގު 128އާ 95 އިންސައްތައަށް އުފުލިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް