ކ. މާލެ
|
15 މެއި 2020 | ހުކުރު 20:12
މާޓިނޭޒް އާއި މެސީ އެކުގައި: ބާސާ އިން އަންނަނީ މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުން
މާޓިނޭޒް އާއި މެސީ އެކުގައި: ބާސާ އިން އަންނަނީ މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުން
ގެޓީ އިމޭޖަސް
މެސީގެ ތާރީފު މާޓިނޭޒަށް
މާޓިނޭޒް އަކީ ވަރަށް ފުރިހަމަ ފޯވާޑެއް: މެސީ
ބާސާ އިން އަންނަނީ މާޓިނޭޒް ހޯދުމަށް މަސައްކަތް ކުރަމުން
ބާސާ އަށް ބަދަލުވާން މާޓިނޭޒް ބޭނުންވޭ

އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒަށް ބާސެލޯނާގެ ކެޕްޓަން އާޖެންޓީނާގެ ލިއޮނަލް މެސީ ތާރީފު ކޮށްފި އެވެ.

މާޓިނޭޒަށް މެސީ ތާރީފު ކުރިއިރު، އޭނާ ހޯދަން ބާސާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާޓިނޭޒް އިންޓަ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލަން، ބާސާ އިން 110 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ބާސާ އަށްވެސް މާލީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވާއިރު، އިންޓަ އިން އެ އަދަދު 90 މިލިއަން ޔޫރޯ އަށް ކުޑަކޮށްދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ބާސާ އިން އަންނަނީ އެ އަދަދު ދެއްކުމަށާއި، ބާސާގެ ބައެއް ކުޅުންތެރިން އިންޓަ އަށް ހުށަހެޅުމަށް ތައްޔާރުވަމުން ކަމަށްވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.

ދާދި ފަހުން މެސީ ބުނީ މާޓިނޭޒް އަކީ ވަރަށް ފުރިހަމަ ފޯވާޑެއް ކަމަށެވެ. އެކަމަކު މެސީ ވަނީ މާޓިނޭޒް ހޯދަން ބާސާ އިން އިންޓަ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމެއް އޭނާ އަށް ނޭނގޭ ކަމަށް ބުނެފައެވެ. މެސީ ބުނީ ބާސާ އިން އަންނަނީ އިންޓަ އާއެކު މަޝްވަރާތަކެއް ބޭއްވިކަން ނުވަތަ މިހާރު ހިނގާ ކަމެއް އޭނާ އަށް ނޭނގޭ ކަމަށާއި، އެކަމުގެ އެއްވެސް މައުލޫމާތެއް ނެތް ކަމަށެވެ.

ބާސާ އިން މާޓިނޭޒް ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު، ބާސާ އަށް ބަދަލުވާން ބޭނުންވާކަން މާޓިނޭޒް އިންޓަ އަށް އަންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 22 އަހަރުގެ މާޓިނޭޒް އިންޓަ އަށް ބަދަލުވީ މިދިޔަ އަހަރުގެ ސީޒަނުގައި ފަސް އަހަރުގެ އެއްބަސްވުމެއް ދަށުންނެވެ. އާޖެންޓީނާގެ ރޭސިން ކްލަބުން 22 މިލިއަން ޔޫރޯއަށް އިންޓައަށް ބަދަލުވި މާޓިނޭޒް އަންނަނީ އެޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މާޓިނޭޒް ވަނީ މިހާތަނަށް އިންޓަ އަށް ކުޅެދިން 66 މެޗުގައި 25 ލަނޑު ޖަހާފައެވެ.

އަދި އޭނާ ވަނީ އާޖެންޓީނާ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 17 މެޗުގައި 9 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް