Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 00:42
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ޒައިދުލް އަމީން ރައީސް މައުމޫން އަރިހުގައި
ފޭސްބުކް
ޒައިދުގެ ބަންދު
ޒައިދުލް އަމީންގެ ބަންދަށް އަނެއްކާ ވެސް ފަސް ދުވަސް ޖަހައިފި
ޒައިދުލް ހައްޔަރު ކޮށްފައި ވަނީ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި
ޒައިދު ބުނެފައިވަނީ އެއްވެސް ހެއްކެއް ދެއްކިފައި ނުވާކަމަށް

ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއްގައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފުލުހުން ހައްޔަރު ކޮށްފައިވާ މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީންގެ ބަންދަށް އަނެއްކާވެސް ފަސް ދުވަސް ޖަހައިފިއެވެ،

އެންމެ ފަހުން ޒައިދުލް އަމީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ޒައިދުގެ ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ.

އޭނާ ހައްޔަރުކޮށް ބަންދަށް ތިން ފަހަރު މުއްދަތު ޖެހުމަށްފަހު ގޭބަންދަށް ބަދަލުކޮށް, އަނެއްކާވެސް ޒައިދު ފުލުހުންގެ ބަންދަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. 

ފުލުހުންގެ ބަންދަށް ބަދަލުކުރުމުން ޒައިދު މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްލެކްމެއިލް ކުރި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ބްލެކްމެއިލްކުރީ ކާކުކަން ފުލުހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި އޭނާގެ މޮބައިލް ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އެއިން އެއްވެސް އެއްޗަކުން އޭނާއާ ދެކޮޅަށް އެއްވެސް ހެއް
ކެއް ފެނިފައިނުވާ ކަމަށް ޒައިދު ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް