ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 23:47
ބީއެމްއެލް އަހަރެންގެ ބޭންކް ކެމްޕެއިން ފެށުން
ބީއެމްއެލް އަހަރެންގެ ބޭންކް ކެމްޕެއިން ފެށުން
މުހައްމަދު ޝަރުހާން
ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާ
 
މިއީ ބީއެމްއެލް ސީއެސްއާރް ޕްރޮޖެކްޓެއް
 
ބީއެމްއެލް އިން ވަނީ ދެ ލައްކަ ރުފިޔާ ޕްރޮޖެކްޓް ހިންގަން ދީފަ
 
ކާމިޔާބު ކުރި ޕްރޮޖެކްޓަކީ ރެންޓް އެންޑް ރައިޑް ނަމަކަށް ކިޔާ ޕްރޮޖެކްޓެއް

ބޭންކް އޮފް މޯލްޑިވްސް ބީއެމްއެެލްއިން ފަށާފައިވާ ކޮމިއުނިޓީ ޕްރޮޖެކްޓް ކާމިޔާބު ކުރި ފަރާތަށް ދެ ލައްކަ ރުފިޔާގެ ފަންޑެއް އެ ކުންފުނިން ދީފި އެެވެ.

ބީއެމްްއެލްގެ މެނޭޖަރ، ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތަކީ އަހަރު ތެރޭ ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލް އިން އިސްނަގައިގެން ފެށި މަސައްކަތުގެ ތެެރެއިން ފުރަތަމަ މަސައްކަތް ކަމަށެވެ. މިފަދަ 10 ޕްރޮޖެކްޓެއް މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން މުޖުތަމައަށް ފައިދާ ކުރާނެ ގޮތަށް ފެށި މަސައްކަތެއް ކަމަށާއި ޕްރޮޖެކްޓެއް ހޮވުމުގައި ދެމެހެއްޓެނިވި ގޮތުގައި ފައިދާ ކުރާނެ މަސައްކަތްތަކެއްތޯ ބެލޭނެ ކަމަށެވެ. ބީއެމްއެލްއަށް ގިނަ އަދަދެއްގެ ޕްރޮޕޯސަލް ލިބުނު އިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ، ފަސް ޕްރޮޖެކްޓެއް ހޮވުމަށްފަހު އާއްމުންގެ ވޯޓަށް ހުޅުވާލި ކަމަށް ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސީއެސްއާފް ކޮމިޓީން ނިންމީ އެންމެ ބޮޑަށް މުޖުތަމައަށް ފައިދާ ކުރާނެ ގޮތަށް ހުށަހަޅާފައިވާ ޕްރޮޕޯސަލް. އެގޮތުން އެ ޕްރޮޖެކްޓަށް ދާނެ ހަރަދާ، ޕްރޮޖެކްޓުގެ ފީސީބިލިޓީއަކީވެސް އަޅުގަނޑުމެން ބެލިކަންތައް." ސައީދު ވިދާޅުވި އެވެ.

އެގޮތުން ރެންޓް އަ ރައިޑް ކިޔާ ޕްރޮޖެކްޓަށް އާއްމުންގެ އެންމެ ގިނަ ވޯޓު ލިބުމުން އެފަރާތާއެކު އެ މަސައްކަތް ކުރުމަށް ބީއެމްއެލް އިން ދެ ލައްކަ ރުފިޔާގެ ފަންޑު ދިނުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް