ކޮވިޑް-19 ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުން ދިޔަ މަޝްހޫރު ވިޔަފާރިވެރިޔާ ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތުގެ ވެރިޔާ ހުސައިން އަބްދުﷲ އަވަހާރަވެއްޖެ އެވެ. ހުސައިން އަބްދުﷲ އަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަތާ މިހާރު ދުވަސްތަކެއް ވަނީ ވެފަ އެވެ.
މ. ބަހީޖް ޕެލަސް، ހުސައިން އަބްދުﷲ (މަރޮށީ ހުސައިން ކަލޭފާނު) ވަނީ ޖަމާއަތަށް ފައިދާ ހުރި ޚާއްސަ ޚިދްމަތް ކުރެއްވުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު، 1992 ވަނަ އަހަރު، އަދި ހަމަ އެ ރޮނގުން، ޝަރަފުވެރިކަމުގެ އިނާމް 2005 ވަނަ އަހަރު ހާސިލްކޮށްފަ އެވެ. އޭގެ އިތުރުން ގިނަ ދުވަސްތަކެއް ވަންދެން އުފަން ރަށް މަރޮށީގެ ކަތީބުކަން ވެސް ކުރައްވާފައި ވެއެވެ.
އެ މަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފައިވަނީ އޭޕްރިލް މަހުގެ 30 ގައި އެވެ.