އެމްއެންޑީއެފުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނަކީ، އެއް ކްލަސްޓަރ އަކާ ގުޅުންހުރި ބައެއް ނޫންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭގެ ޑރ. އަފްޒަލް ވިދާޅުވީ، އެމްއެންޑީއެފުން ޕޮޒިޓިވްވި މީހުންނާ ގުޅުންހުރި މީހުން ހޯދައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. ޑރ. ވިދާޅުވީ، އެމްއެންޑީއެފުން ފެނުނު ހުރިހާ ކޭސްތަަކަކީ އެއްް ކްލަސްޓަރ އަކަށް ނިސްބަތްވާ ކްލަސްޓަރ ތަކެއް ނޫން ކަމަށެވެ.
އެއް ބަޔަކު އެއް ކްލަސްޓަރ އަކަށް. އަނެއް ބަޔަކު އަނެއް ކްލަސްޓަރ އަކަށް ދިމާވާ ގޮތް އެބަވޭ. މިސާލަކަށް ކޮވިޑް ތެރޭގައި އެމީހުންގެ ތެރެއިން ބަޔަކު ހިމެނިދާނެ ޓްރިޕަލް ކޭކޭގެ ކްލަސްޓަރ ގައި ވެސް އޭ ގެއިން ބަޔަކު ހިމެނޭޑރ. އިބްރާހިމް އަފްޒަލް
ކޮވިޑް-19 ގެ އެންމެ ކުރީ ސަފުގައި މަސައްކަތްކުރާ ސިފައިންގެ ތެރެއިން 40 އަށް ވުރެ ގިނަ ސިފައިން ބައްޔަށް ޕޮޒިޓިވެފައިވާ ކަމަށް ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އަންގާރަ ދުވަހު ވިދާޅުވެފަ އެވެ.
ނަމަވެސް ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވިޔަސް ސިފައިން ފަހަތަށް ނުޖެހި ގައުމީ ހިދުމަތުގައި ދެމިތިބޭނެ ކަމަށް ޗީފް އޮފް ޑިފެންސް ވަނީ ވިދާޅުވެފަ އެވެ. އެމްއެންޑީއެފުން ދަނި ސިފައިންގެ ތެރޭގައި އައިސޮލޭޓް އަދި ކަރަންޓީނު ކުރުން ފަދަ އިންތިޒާމް ހަމަޖައްސާފަ އެވެ.
ސިފައިންގެ ތެރެއިން ބަޔަކު ޕޮޒިޓިވްވެފައިވާއިރު، ދިވެހިންގެ ތެރެއިން މި ބައްޔަށް ރިޕޯޓްކުރެވުނު ފުރަތަމަ މީހާއަކީ ސިފައިންގެ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސިވިލާތުގައި ކޯހެއް ފުރިހަމަ ކުރުމަށް ފަހު ރާއްޖެ އައި ފަހުންނެވެ. އެ މީހާ ބަލިން ފަސޭހަވުމަށް ފަހު، ސިފައިންގެ ޑިއުޓީއާ ގުޅިފަ އެވެ.
ރާއްޖެއިން ބަލި ޖެހިގެން މަރުވި މީހުންގެ ތެރޭގައި ސިފައިންގެ ކަޅުތުއްކަލާ ކޮށީގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީއަކު ހިމެނެ އެވެ. މި މީހާއަކީ ކުރިން ބަލި ހުރިކަން ދެނެގަނެވިފައިވާ މީހެއް ނޫނެވެ. އޭނާ ޓެސްޓުކުރެވުނީ ފިޓް ޖެހިގެން ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރެވުނު ފަހުންނެވެ.