Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 20:28
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އަނިލް
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އަނިލް
ޓްވިޓަރ
ހައްޔަރުކުރުން
ރަސްދޫ ކައުންސިލަށް ކުރިމަތިލާފައިވާ އެމްޑީޕީ ކެންޑިޑޭޓް އަނިލް ހައްޔަރު ކޮށްފި
އަނީލް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން
މަސްތުވާތަކެތި ފެނިފައިވާނީ އަނީލް ދިރިއުޅޭ ގެއިން ކަމަށް ފުލުހުން ބުނޭ
އަނީލްގެ މައްޗަށް މީގެކުރިން މަސްތުވާތަކެތީގެ ކުށުގެ ރެކޯޑެއް އޮތްކަމަށް ފުލުހުން ނުބުނޭ

އއ. ރަސްދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލާފައިވާ އަބްދުﷲ އަނިލް ފުލުހުން ހައްޔަރު ކޮށްފި އެވެ.  

ރަސްދޫ ކައުންސިލް މެމްބަރަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 07:30 ހާއިރު، ފުލުހުން އަނިލް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ބޭނުންކޮށް، އަދި ވިއްކާކަމުގެ ތުހުމަތުގައި ކަމަށް ކޯޓު އަމުރުގައި ވެއެވެ.

އެ އަމުރުގައި ބަލާ ފާސްކުރުމުގެ އަމުރު ދީފައިވަނީ އަނިލް ހަށިގަނޑު ބަލާ ފާސްކުރުމަށާއި ދިރިއުޅޭގެ ކަމަށްވާ އއ. ރަސްދޫ އޮއިވަރު ގެއާއި އަނީލްއާ ގުޅުންހުރިކަމަށް ބެލެވޭ އެންމެހާ ތަންތަނާއި ތަކެތި ބަލައިފާސް ކުރުމަށެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އަނިލް ހައްޔަރުކޮށްފައިވަނީ، ޕީޕީއެމް ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓެއް މާލޭގައި ހުރެފައި ރަށަށް އައިއިރު، އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި އެ ވާހަކަތައް ފެތުރިފައިވާތީ އެކަން "ހަޖަމް" ނުކުރެވިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް ކެންޑިޑޭޓް ފުލުހުން ހައްޔަރުކޮށްފައިވަނީ އޭނާ މާލެއިން ގެނައި "މުންގޯލިއަން ރައިސް"ގެ ތެރެއިން މަސްތުވާތަކެތި ފެނިގެން އޭނާ ލޯންޗުން ފޭބި ތަނުން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމަށްފަހު ދެތިން ދުވަހުގެ ތެރޭގައި ދޫކޮށްލާފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ އެމްޑީޕީގެ ޓިކެޓް ކައުންސިލަށް ވާދަކުރާ އަނީލް އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެގެންގުޅެ، ވިޔަފާރިކުރާ މީހެއް ކަމަށް އެނގިފައިނުވާ ކަމަށެވެ. އެފަދަ ކުށުގެ ރެކޯޑެއް އޮތް މީހެއް ކަމަށް ވެސް ގަބޫލު ނުކުރެވޭ ކަމަށެވެ. އޭނާ ވިދާޅުވީ އަނީލް ރަސްދޫއަށް ބަދަލުވިތާ އަދި މިވީ އަށްވަރަކަށް މަސް ދުވަސް ކަމަށާއި އޭގެ ކުރިން އޭނާއަކީ މާލޭގައި ފިހާރައެއް ހިންގި މީހެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިޑާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހޯމަ ދުވަހުގެ ރޭ ހިންގި އޮޕެރޭޝަނެއްގައި ރަސްދޫއިން 28 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭގެ ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ހަ ސްލޯފެންކޮޅު އެގެއިން ފެނިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޭޕްރިލް 2017 | އަންގާރަ 20:54
Faisal
Thigotha kanthakuReem raiyathunnah engeyne vaanuvaa theevarah aammukame balasfans kuraairu thakethifenun fisthoalaves fennel thaa