Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 16:46
ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި
ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި
އިންސްޓަގްރާމް
ރައުދާގެ ކުއްލި މަރު
ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ވަނީ ކުއްލިއަކަށް ގެއްލިފައި
ރައުދާގެ އެކައުންޓް ގެއްލެންވީ ސަބަބެއް އަދި ސާފެއް ނުވޭ
ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި

ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ގެންގުޅޭކަމަށް ޝައްކުކުރެވިގެން އޭނާގެ އާއިލާއިން ސަރުކާރުގެ އެހީއަށް އެދިއްޖެ

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ދަ ޑެއިލީ ސްޓާ އިން ބުނާ ގޮތުގައި ދިވެހި ފުލުހުންގެ އެހީއަށް ރައުދާ އާތިފްގެ އާއިލާއިން އެދުނީ އެހެން މީހެއް އޭނާގެ އިންސްޓަގްރާމް އެކައުންޓް ބޭނުން ކުރާކަމަށް ޝައްކު ކުރެވިގެންނެވެ.

21 އަހަރުގެ ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނިފައި ވަނީ މާޗް 29 ގައި، އޭނާ ކިޔަވަމުން ދިޔަ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ އަންހެން ހޮސްޓެލްގައި އޭނާގެ ކޮޓަރިންނެވެ.

ރައުދާގެ ކޮއްކޮ، ރައްޔަން އާތިފް ހޯމަ ދުވަހު ދަ ޑެއިލީ ސްޓާއާ ވާހަކަދައްކާފައިވާކަން ފާހަގަކޮށް، ރައްޔާނަަށް ހަވާލާދީ ދަ ޑެއިލީ ސްޓާއިން ބުނީ އާއިލާއިން ދިވެހި ސަރުކާރުގެ އެހީއަށް އެދުނީ ރައުދާގެ އިންސްޓަގްރާމް އެކައުންޓް އެހެން މީހަކު ބޭނުން ކުރަމުންދާކަމަށް ޝައްކު ކުރެވިގެނެވެ.

'އެއް ފަހަރު، މުޅި ޕްރޮފައިލް ވަނީ އެއްކޮށް ޑިލީޓްކޮށްފައި، އެވިޑެންސް ފޮރުވުމަށް،' ރައްޔާން ބުނެފައިވެއެވެ.

އަންގާރަ ދުވަހު ޕަބްލިޝްކޮށްފައިވާ މި އާޓިކަލްގައި ރައުދާގެ ކޮއްކޮ މިހެން ބުނެފައިވާ އިރު، ރައުދާގެ އިންސްޓަގްރާމް ވަނީ ހޯމަ ދުވަހުގެ މެންދުރުގެ މަގުތެއްގައި ކުއްލިއަކަށް ގެއްލިފައެވެ.

ރައުދާގެ ފޯނު ފުލުހުން އަތުގައިވީ ނަމަވެސް، ކަމާ ބެހޭ ފަރާތްތަކަށް އަދި ފޯނަށް ނުހުޅުވޭކަން ދަ ޑެއިލީ ސްޓާ އިން ފާހަގަކޮށްފައިވެއެވެ.

މީގެ އިރުތުން، ރައުދާގެ ކްލާސްމޭޓެއްގެ ފޯނު ވެސް ތަހުގީގަށް ހޯދާފައިވާކަމަށް ދެކެވޭ ވާހަކައާ ގުޅިގެން ރަޖްޝާހް މެޓްރޮޕޮލިޓަން ޕޮލިސްގެ އިންސްޕެކްޓަރ ރަޝީދުލް އިސްލާމް ވިދާޅުވީ، އޭނާގެ ފޯނު "އަތުލީއެއް ނޫން، ހަމަ މައުލޫމާތު ހޯދުމަށް" ކަމަށެވެ.

މީގެ އިތުރުން، ރައުދާގެ މަންމަ އަމިނަތު މުހައްރިމަތުވެސް ރައުދާގެ އެ އެކުވެރިޔާގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވާކަން ދަ ޑެއިލީ ސްޓާ އިން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ރައުދާގެ އެ އެކުވެރިޔާއަށް އޭނާ ފަހުން އިތުބާރު ނުކުރާކަމަށާއި، ކުރިން ހިނގި ހާދިސާއެއްގައި ރައުދާއަށް ޖޫސްތައްޓަކައި އަޅައިގެން ނިދާ ބޭސް ދޭން އުޅުނުކަން ރައުދާގެ މަންމަ ވަނީ ތުހުމަތު ކޮށް ފާހަގަ ކޮށްފައެވެ.

"ރައުދާ އާންމުކޮށް ކިޔަވަނީ އެ ކުއްޖާއާ އެއްކޮށް، އެކަމަކު އެއް ރޭ، އެކަނި ކިޔަވަނީ ކީއްވެތޯ އެހުމުން، އެކުވެރިޔާއަށް މިހާރު އިތުބާރު ނުކުރާކަމަށް ރައުދާ ބުނި" ރައުދާ މަންމަ ބުނިކަމަށް ދަ ޑެއިލީ ސްޓާ އިން ރިޕޯޓް ކުރެއެވެ.

ނަމަވެސް، އެ ކުއްޖާ މި ވާހަކަ ދޮގު ކުރާކަން ފާހަގަކޮށް ދަ ޑެއިލީ ސްޓާ އިން ބުނީ "އެފަދަ ވާހަކައެއް ރައުދާ އެއްވެސް މީހެއް ކައިރީ ދައްކާނެކަމަށް ގަބޫލެއް ނުކުރަން"ކަމަށެވެ.

އަދި ރައުދާ މަރުވެފައި އޮއްވާ ފުރަތަމަ ފެނިފައިވަނީ ވެސް އެކުއްޖާއަށް ކަން ފާހަގަކޮށްފައިވެއެވެ.

އިންސްޕެކްޓަރ ރަޝީދުލް ފާހަގަކުރެއްވި ގޮތުގައި ރައުދާގެ ހަށިގަނޑު ފެނުނު ދުވަހުގެ ކުރީ ރޭ، މި އެކުވެރިޔާ ވަނީ ރައުދާ ގޮވައިގެން ޑޮަކްޓަރަށް ގޮސްފައެވެ.

މަރުގެ ތަހުގީގާގުޅޭ މައުލޫމާތު ހޯދުމަށާއި ރައުދާގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުލުހުންގެ އިސް ދެ އޮފިސަރަކު ވަނީ ހޯމަ ދުވަހު ބަންގްލަދޭޝްއަށް ދަތުރުކޮށްފައެވެ.

އޮޓޮޕްސީ ރިޕޯޓުން ރައުދާ މަރުވެފައިވަނީ ދަންޖެހިގެންކަމަށް ދެއްކި ނަމަވެސް، ރައުދާގެ އާއިލާއާއި ގާތް ފަރާތްތަކާއި އާންމުންގެ ގިނަ ފަރާތްތަކުން ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ގިނަ ފަރާތްތަކުން ދަނީ ފުރިހަމަ ތަހުގީގަކަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ ކުރީގެ ރައީސް އިރުޝާދުވެސް ވަނީ ރައުދާ މަރުވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް