Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 15:56
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ - ސަރުކާރުގެ ސިޔާސަތުތަކައް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ - ސަރުކާރުގެ ސިޔާސަތުތަކައް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ.
ގޫގުލް
ދިވެހިންނަށް ދަތިތައް
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
ދިވެހި ދަރިވަރުންނަށްވެސް ބޭރު ގައުމުތަގައި ދަނީ ދަތިތައް ކުރިމަތި ވަމުން
ދިވެހިންނަށް މިވަނީ އުނދަގޫ ދުވަސްތަކަކާ ކުރިމަތިވެފައި
ސިންގަޕޫރު އެއަރޕޯޓުގައިވެސް ގިނަ އިރު މަޑު ކުރަންޖެހޭ

ކޮމަންވެލްތުން ވަކިވި ފަހުން ދިވެހިންނަށް އެކިއެކި އެއަރޕޯޓުތަކުން އުނދަގޫ ކުރަމުންދާ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

މުސްތަފާ އަންގާރަ ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިންނަށް މިހާރު ސިންގަޕޫރު އެއަރޕޯޓުގައިވެސް އެއް ގަޑީއިރުވަރު ތާށި ކުރާ ކަމަށެވެ.

"ކޮމަންވެލްތުން ވަކިވި ފަހުން އެކިއެކި އެއަރޕޯޓުތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި، ސިންގަޕޫރު އެއަރޕޯޓުގައިވެސް އެއް ގަޑީއިރުވަރު މިހާރު ތާށި ކުރޭ" މުސްތަފާ ވިދާޅުވެފައިވެއެވެ.

 

މުސްތަފާގެ މިޓުވީޓައް ޖަވާބު ދެމެން ބައެއް އާއްމު ފަރާތްތަކުންވެސް އެމީހުންނަށް އެ ތަޖުރިބާ ކުރެވިފައިވާ ކަމަށް ބުނެފައިވެއެވެ.

އެކަކު ބުނެފައިވަނީ، ތިމަންނާއަށް ސިންގަޕޫރު އެއަރޕޯޓުން އެކަން ތަޖުރިބާ ކުރެވިފައިވާ ކަމަށާއި، އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި ސިންގަޕޫރުގެ ފާރަލާ ލިސްޓުގައި ދިވެހިން ހިމެނިފައިވާ ކަމަށެވެ.

އެހެން މީހަކު ބުނެފައިވަނީ ލަންޑަނުގެ ހީތްރޯ އެއަރޕޯޓުންވެސް އޭނާއަށް އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އޭނާ އެ އެއަރޕޯޓުގައި ހަތް ގަޑީއިރު ހުންނަން ޖެހުނު ކަމަށް ބުނެފައިވެއެވެ.

މުސްތަފާ އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭން ކޮމަންވެލްތުން ވަކިވުމާ ގުޅިގެން ރާއްޖޭން ބޭރުގައި ކިޔަވަންތިބި ބައެއް ކުދިންނަށް ދަތި އުނދަގޫތައް އުފުލަން ޖެހިފައިވާ ކަމަށެވެ.

 

މުސްތޮފާ ވިދާޅުވީ، ތާކުން ތާކުން ނުޖެހޭ ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން މިވަނީ، ދަތި އުނދަގޫ ދުވަސްތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށެވެ.

 

ކޮމަންވެލްތުން ރާއްޖެ ވަކި ކުރީ ރައީސް ޔާމީން ސަރުކާރުން ނިންމި ކުއްލި ނިންމުމެއްގެ ގޮތުގައެވެ. އަދި އެއީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ބާރު އަޅަމުން ގެންދާތީ އެކަމާ ސަރުކާރުން ނުރުހުން ފާޅު ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް