Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 15:48
އެކްސިޑެންޓު ހިނގައި ދޯނި އަޑިއަން ދަނީ
އެކްސިޑެންޓު ހިނގައި ދޯނި އަޑިއަން ދަނީ
އެމްއެންޑީއެފް
ކަނޑުމަތީ އެކްސިޑެންޓް
ކޮންޓެއިނަރ އުފުލާ ދޯންޏެއް އެކްސިޑެންޓްވެ ދޯންޏަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ
މިދޯނީގައި އެވަގުތު ދެ ދިވެހިންނާއި ތިން ބިދޭސީން ތިބި
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ
އެކްސިޑެންޓްވީ އެސްޓީއޯގެ ބާޖެއް ކަމަށް "ގްރާބް"ގައި ޖެހިގެން

"ބަންދާ" ނަމަކަށް ކިޔާ 90 ފޫޓުގެ ކޮންޓެއިނަރ އުފުލާ ދޯންޏެއް ކަނޑުމަތިން ހިނގި އެކްސިޑެންޓަކާއި ގުޅިގެން ދިޔަ ވާތީ އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ ރިޕޯޓް ހޯމަ ދުވަހުގެ ރޭ ދަންވަރު 12:16 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބުމާއި އެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ އެސަރަހަށްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ދޯނި ދިޔަވާން ފެށީ ގދ.ގައްދޫ އާއި ފަސް ނޯޓިކަލް މޭލު ހުޅަނގު ދެކުނުން ދަތުރުކުރަމުން ދިޔަ އެސްޓީއޯގެ ތެޔޮ ބާޖް "ގުރާބް" ގައި ޖެހި ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާ ހިނގިއިރު ދޯނީގައި ފަޅުވެރިންގެ ގޮތުގައި ދެ ދިވެހިންނާއި ތިން ބިދޭސީން ދަތުރުކުރި ކަމަށާއި މި ފަޅުވެރިން ވަނީ އެސްޓީއޯގެ ތެޔޮ ބާޖަށް ނަގާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި މި ހިނގި އެކްސިޑެންޓާއި ގުޅިގެން "ބަންދާ" ދޯނި ވަރަށް ބޮޑަށް ދިޔަވެފައި ވާއިރު ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ދޯނި ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑުގެ ޑައިވަރުންނާއި ދޯނީގެ ވެރިފަރާތް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް