Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 09:07
ކުނޫޒުގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވާހަކަދައްކަވަނީ
ކުނޫޒުގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ޕީޕީއެމްގެ މެމްބަރުންގެ ތާއީދު
ވަރަށް އަވަހަށް ރައްޔިތުންގެ މެޖޯރިޓީ ނަގާނަން: އަލީ ޒާހިރު
ސިޔާސީ ފަރާތްތައް ފުލުހުންގެ އިދަރާއަށް ހާޒިރުކުރުމަކީ ސަރުކާރުން ހައްދަވާ ވަރަށް ބޮޑު ގޯހެއް
ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ ގާނޫނުއަސާސީން ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް ލާޒިމުކުރާ ކަމެއް
މަޖިލީހުގެ މެޖޯރިޓީ ނެގުމަށްފަހު ޤާނޫނުތައް އަލުން އިސްލާހުކުރާނަން

ސަރުކާރުން ކަސްތޮޅު އަޅުވާފައި ތިއްބެވި މެމްބަރުން ވަރަށް އަވަހަށް މިނިވަންކޮށް، މަޖިލީހުގެ މެޖޯރިޓީ ނަގާނެ ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި އަލީ ޒާހިރު ވިދާޅުވީ ސަރުކާރުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރު ދައްކަމުން ކަން، އެއީ ހުރިހާ ރައްޔިތުންނަށް އެނގޭ ކަމެެއް ކަމަށެވެ. 

 

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތްޓަކައި ދާދި އަވަހަށް ރައްޔިތުންގެ މަޖިލީސް ތެރޭގައި މެމްބަރުންގެ ތެރެއިން ސަރުކާރުން ކަސްތޮޅު އަޅުވާފައިތިބި މެމްބަރުން މިނިވަންކޮށް، މަޖިލީހުގެ މެޖޯރިޓީ އަޅުގަނޑުމެން ނަގާ، ޤާނުނުތައް އިސްލާހުކުރާނަން" އަލީ ޒާހިރު ވިދާޅުވި އެވެ.

 

އިތުރަށް ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ، ސިޔާސީ ފަރާތްތައް ފުލުހުންގެ އިދަރާއަށް ހާޒިރުކުރުމަކީ ސަރުކާރުން ހައްދަވާ ވަރަށް ބޮޑު ގޯހެއް ކަމަށެވެ. އެ ގޯސް ހެއްދެވުން ހުއްޓާލުމަށް އަލީ ޒާހިރު ގޮވާލެއްވި އެވެ. އޭނާ ވިދާޅުވީ ސިޔާސީ ނުފޫޒު ފުލުހުންގެ އިދާރާއަށް ވައްދަމުންގެންދާ ކަމަށެވެ.

 

ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމަށް ގޮވާލައްވަމުން އަލީ ޒާހިރު ވިދާޅުވީ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ ގާނޫނުއަސާސީން ރާއްޖޭގެ ފުލުހުންނާއި ސިފައިންނަށް ލާޒިމުކުރާ ކަމެއް ކަމަށެވެ. އަދި ޣައިރު ގާނޫނީ އަމުރުކުރާ މީހާ އާއި އެފަދަ އަމުރަކަށް ތަބާވާ މީހާވެސް އެހަދަނީ ގޯހެއް ކަމަށާއި އެއީ ގާނޫނީ ކުށެއް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.

 

"އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަރާވަޑައިގެން އެބޭފުޅުން އިންޓެލް ރިޕޯޓް ވިއްކަވަނީއޭ، އެ ބޭފުޅުން ރިޝްވަތު ނަންގަވަނީއޭ، އެބޭފުޅުން ފައިސާގެ ނުފޫޒުގައި ޖެހެނިއްޔޭ، މިފަދަ ވާހަކަދައްކާ އެބޭފުޅުންގެ އަގު ވައްޓާލީ މިރައީސޭ އެނގޭތޯ" އަލީ ޒާހިރު ވިދާޅުވި އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް