Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 08:24
ފިޝަރީޒް މިނިސްޓަރ ޝައިނީ، ކުރީގެ ނަިއބް ރައީސް އަހުމަދު އަދީބާއެކުގައި:ޝައިނީ ވަނީ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި
ފިޝަރީޒް މިނިސްޓަރ ޝައިނީ، ކުރީގެ ނަިއބް ރައީސް އަހުމަދު އަދީބާއެކުގައި:ޝައިނީ ވަނީ ރައީސް މައުމޫނަށް ބަހުގެ ހަމަލާތަކެއް ދެއްވާފައި
ވީނިއުސް
ޝައިނީގެ ފާޑުކިޔުން މައުމޫނަށް
ރައީސް ޔާމީނަށް 2013 ގައި ގިނަ ވޯޓު ނުލިބުނީ ރައީސް މައުމޫނުގެ ސަބަބުން: ޝައިނީ
ރައީސް މައުމޫނަކީ އެއްވެސް މިންވަރަކަށް އިހުލާސްތެރި ބޭފުޅެއް ނޫން
އާއިލީ ބޭފުޅަކަށް ވެރިކަން ލިބުމުން ރައީސް މައުމޫނު ގޭގައި އޮންނެވި ނަމަ މާ ރަނގަޅުވާނެ
އުމުރުން ދުވަސްވެ، ގާތް ބާރުދިޔަ ދުވަހު ނިކުންނަވައިގެން އުޅުއްވަނީ އަމިއްލަ އެދުމައިގެން

ރައީސް އަބްދުﷲ ޔާމީނަށް 2013 ވަނަ އަހަރު އެންމެ ގިނަ ވޯޓު ލިބިވަޑައިނުގެންނެވި ސަބަބަކީ ރައީސް މައުމޫނު އަބްދުއްޤައްޔޫމް، ރައީސް ޔާމީނާއެކުގައި ހުންނެވުމުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

 

ސަރުކާރުގެ ހަބަރުތައް ގެނެސްދޭ، ޗެނަލް 13 ގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ރައީސް މައުމޫނަކީ އެއްވެސް މިންވަރަކަށް އިހުލާސްތެރި ބޭފުޅެއް ނޫން ކަމަށެވެ. އެ މޭރުމުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ، އާއިލީ ބޭފުޅަކަށް ވެރިކަން ލިބިވަޑައިގަތުމުން ރައީސް މައުމޫނު ގޭގައި އޮންނެވި ނަމަ މާ ރަނގަޅުވާނެ ކަމަށެވެ. އުމުރުން ދުވަސްވެ، ހަށިކޮޅުން ބާރުދިޔަ ދުވަހު ނިކުންނަވައިގެން އުޅުއްވަނީ އަމިއްލަ އެދުމައިގެންކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

 

"އަމިއްލަ އެދުން ބޮޑުކަމުން ކީއްވެގެންތޯ އަމިއްލަ ދަރިފުޅަށް ވެރިކަން ހޯދައިދެއްވަން މަސައްކަތް އެ ކުރައްވަނީ. އަމިއްލަަށް ކުރާ މަސައްކަތެއްދެއްތޯ މިއީ" މިނިސްޓަރު ޝައިނީ ވިދާޅުވި އެވެ.

 

ރައީސް މައުމޫނު އަމިއްލަ ދަރިޔަކު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރައްވާ ކަމަށް މިނިސްޓަރު ޝައިނީ ތުހުމަތުކުރެއްވިއިރު، އިޝާރަތްކުރައްވާފައިވަނީ މިހާރު ސިޔާސީ މަޝްރަހުގައި އެންމެ ހަރަކާތްތެރި އެއް ބޭފުޅަކަމުގައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށެވެ. ނަމަވެސް ފާރިސް މައުމޫނު ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެރިކަމަށް ވާދަކުރެއްވުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވާކަމަށް ވިދާޅުވެފަ އެވެ.

 

މިނިސްޓަރު ޝައިނީ ވިދާޅުވީ 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނަށް އެންމެ ގިނަ ވޯޓު ލިބިވަޑައިނުގެންނެވި ސަބަބަކީ 30 އަހަރުވަންދެން ރައްޔިތުންނަށް ތަރައްޤީއެއް ގެނެސްދެއްވާފައިނުވާ ބޭފުޅަކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނެވުމުގެ ސަބަބުންކަމަށެވެ. ޝައިނީ މިހެން ވިދާޅުވިއިރު، އެ ބޭފުޅުން އެންމެ ގިނައިން ރައީސް މައުމޫނަށް މުހާތަބު ކުރައްވާފައި ވަނީ "ރަން 30 އަހަރުގެ ވެރިޔާ" އެވެ. އަދި 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވޯޓު ދެއްވަންޖެހޭ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ ތާއީދު އެމަނިކުފަނަށް އޮތުންކަން ރައީސް އަބްދުﷲ ޔާމީން ވެސް، ޕްރައިމަރީގަ އާއި ރިޔާސީ އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވެއެވެ. އޭރު ރައީސް ޔާމީން ކެމްޕޭން ކުރެއްވީ އެ މަނިކުފާނުގެ ފޮޓޯފުޅަށް ވުރެ ރައީސް މައުމޫނުގެ ފޮޓޯފުޅު ބޮޑުކޮށްގެން ކަމަށްވާތީ، އިދިކޮޅު ފަރާތްތަކުންނާއި ޕީޕީއެމްގެ އެތައް މެމްބަރުންނެއް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫނުގެ ހިޔަނީގައި ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
4 އޭޕްރިލް 2017 | އަންގާރަ 14:34
ފާތުމާ
އަހަރުގެ ހަބޭސް ޖޯކު
4 އޭޕްރިލް 2017 | އަންގާރަ 11:51
ޖާނޭ
ޔާނު މޮޅުވީމަ ކަމެއް އެސޮރު މޮުޔަވީމަ ކަމެއް ބުނާކަށް ނޭނގެ. ގޮވަނީ ކޮސް. މޮޔަ ސޮރެކޭދޯ
4 އޭޕްރިލް 2017 | އަންގާރަ 09:37
ހަމަ ކަން
ކާކު ސައިނީ ތިދައްކާ ވާހަކަ ޤަބޫލު ކުރާނީ ކޮސް ނުގޮވާ ގޭގަ މަޑުކޮއްލިނަމަ ތި ގޮވާ ކޮސް މިހުންނަކައް ނޭގޭނެ ދޯ؟ ބަލިވަނީ ދޯ ވެއްޓެނީ ދޯ ކިޔޭ ނުކިޔޭ ނޭގެނީ
4 އޭޕްރިލް 2017 | އަންގާރަ 09:09
އަލީ ރިޔާޟް މރ
ސައިނީ މެންފަދަ އޮޔާވަޔާ މިސްރާބެއްނެއް ބޮޑު ފޮސްގަނޑެއް މިކަހަލަ ވާހަކަ ދެއްކީމަ އަންނަނީހިނި
4 އޭޕްރިލް 2017 | އަންގާރަ 08:36
Reyva
Kekeke hehehe hee hee hee halaaku hama annanee hini ehenyaa fahe mi hurihaa dhuvahu ran 30 ekamaku ebeyfulhaaves islaahah nukumefafaigathumun mihaaraku gaumah kohdhevunu ehkamehves neh
4 އޭޕްރިލް 2017 | އަންގާރަ 08:12
ވީރާނާ
ޝައިނީ މީހަމަހުސްކޮސް ގޮވާސޮރެއް. ޔާމީން އައް ތިހާތާއީދުއޮތްނަމަ އޭނަގެ ޕީއޭ އޭނަޔައް ހިންގުނީހެއްނުން. އެލެކްޝަންގެއޮތްދަފުތަރު ބެލީމަ އެގޭނެ ޔާމީނައްއްތް ތާއީދު ވަޒީފާގަޑެއްލިބުނީމަ އެ ދިފާއުކުރަން ގައިގެ ނެތްވަރުން ރާއްޖޭގެ ތިރީސް އަހަރު ވެރިކަން ކުރެއްވި ގަދަރުވެރި ބޭފުޅެއްގެ އަގުވެއްޓޭގޮތެއް ވާހަކަ ދައްކަނީ. ޝައިނީއައް ތާއީދުކުރާނެ ބަޔަކުވެސް މިރާއްޖެއިން ވާނެހެނެއް ހިއެއްނުވޭ. .
4 އޭޕްރިލް 2017 | އަންގާރަ 08:09
ގިޔާސް
ޝައިނީމެންނަކީ ކޮންތާކު ތެޅިތެޅިފައި އައި ބައެއްކަންވެސް ނޭންގެ ، އެމަނިކުފާނު ރައީސް ޔާޟިންއަށް ވޯޓްހޯދައިދިނުމަށް ޓަކައި އެމުސްކުޅި ހާލްކޮޅުގައިވެސް ރަށްރަށަށް އަރާވަޑައިގެން ، ހިންގަވައި މީހުން ކުރިމަތީ އާދޭސްކުރައްވައިގެން ލިބުނު ވޯޓުން ، ކަލޭމެން ތިޔަ މަޤާމްތަކަށް ތިޔަ އައީ ، މުޅި ގައުމު ހެކިވާނެ ނައިބްރައީސް ޖަމީލް ، އަބީބް ، ރައީސް މައުމޫނު ، ދެން ޤާސިމް ، ޝެއިޚް އިމްރާންމެން ކުރި މަސައްކަތުންނޭ ތިޔަ ގޮނޑިޔަށް އެރުނީ މިއަދު އެމީހުންނަށް އަނިޔާ ދިނުމަށް ފަހު ހަރާންކޯރުވެގން ތިޔަ އުޅުއްވަނީ!