ކ. މާލެ
|
8 މެއި 2020 | ހުކުރު 22:07
ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ: ހުއްދަ ދީފައިވާ ބައެއް ފިހާރަތައް ބަންދު ކޮށްފައި ހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނޭ-
ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ: ހުއްދަ ދީފައިވާ ބައެއް ފިހާރަތައް ބަންދު ކޮށްފައި ހުންނަށް ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނޭ-
ރާއްޖެއެމްވީ
ޚިދުމަތްދޭން ހުއްދަދިން ފިހާރަތަކުގެ މައްސަަލަ
ކޮވިޑް-19: ހުއްދަ ހޯދާފައިވާ ފިހާރައެއް ބަންދުކޮށްފައި ހުންނަނަމަ ފިޔަވަޅު އަޅާނަން: ފުލުހުން
ހުއްދަ ހޯދާފައިވާ ބައެއް ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައި

ކޮވިޑް19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތްއިރު އެ މުއްދަތުގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށްޓަކައި ފިހާރަ ހުޅުވުމަށް ހާއްސަ ހުއްދަ ހޯދާފައިވާ ފަރާތްތަކުން ފިހާރަ ބަންދުކޮށްފައި ހުންނަން ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ހާއްސަ ހުއްދަ ހޯދުމަށްފަހު، ބަންދުކޮށްފައި ހުންނަ ފިހާރަތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ، ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެއް އިތުރަށް މީހުން ފިހާރާގައި ތިބޭކަން ވެސް ފާހަގަ ކުރެވިފައިވާކަމަށް ފުލުހުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި މިގޮތަށް އަމަލުކުރާނަމަ ފުލުހުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދުވަސްތަކުގައި، ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ގެންދަނީ ރައްޔިތުންނަށް ފޯރުކޮށްދެންޖޭ ހިދްމަތްތައް ދިނުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަމުން ނެވެ. އެގޮތުން، ވިޔަފާރި ކުރުމަށް ވަކި އުސޫލެއްގެ ދަށުން ހުއްދަ ދޫކުރުމުގެ އުސޫލެއް ފުލުހުން ވަނީ ގާއިމުކޮށްފަ އެވެ.

ކޮވިޑް19 ރޯގާއަށް މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްތަކުގައި ވެސް ބައެއް މީހުން ޕޮޒިޓިވް ވެފައި ވެއެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ވަނީ 734 މީހަކު ޕޮޒިޓިވްވެފައެވެ.

- ކޮމެންޓް