ފިރިހެން ކުއްޖަކަށް ގެވެށި އަނިޔާކުރި މައްސަލާގައި ފިރިހެނަކު ހައްޔަރުކޮށް، އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ބުރާސްފަތި ދުވަހުގެރޭ ޝޯޝަލް މީޑިއާގައި ކުއްޖަކު ހިއްސާކޮށްފައިވާ ގެވެށި އަނިޔާއެއްގެ ސީރިޔަސް މައްސަލަ އެއް ބަލަމުންދާ ކަމަށެވެ. އަދި އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންނަށް ތުހުމަތު ކުރެވޭ ފަރާތް ފެނިގެން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ރަށެއްގެ މީހެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.