ކ. މާލެ
|
8 މެއި 2020 | ހުކުރު 13:46
ނިލަންދޫގައި ގާއިމުކުރި ހިތްގައިމު ފުޓްބޯޅަ ދަނޑު
ނިލަންދޫގައި ގާއިމުކުރި ހިތްގައިމު ފުޓްބޯޅަ ދަނޑު
ޔޫތު މިނިސްޓްރީ
ނިލަންދޫ ފުޓްބޯޅަ ދަނޑު
ނިލަންދޫ ފުޓްބޯޅަ ދަނޑު: ބަލާލަން ހިތްގައިމު ރީތި ޓާފް ދަނޑެއް!
މިއީ މި ސަރުކާރުން ގާއިމުކުރި ދެވަނަ ފުޓްބޯޅަ ދަނޑު
ޓާފް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް 39 ރަށެއްގައި އަންނަނީ ކުރަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް ތަރައްގީ ކުރުމުގެ ވައުދުގެ ތެރެއިން ފ. ނިލަންދޫ ތަރައްގީކުރި ހިތްގައިމު ރީތި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ.

ނިލަންދޫގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަޚްލޫފް ބުރާސްފަތި ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ. ނިލަންދޫ ދަނޑުގެ މަޝްރޫއަށް ސަރުކާރުން ވަނީ މިއަހަރުގެ ބަޖެޓުގައި 1,577,558 ރުފިޔާ ވަނީ ހިމަނާފައެވެ. މި ދަނޑުގެ މަސައްކަތް ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.

މަހުލޫފް ވިދާޅުވީ، މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން ދިޔަ ނަމަވެސް، ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ނިލަންދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް މުހުސިން ހަމީދާއި، ނިލަންދޫގެ ޑޭލައިޓް ކްލަބުގެ އިތުރުން އެ ރަށު ކައުންސިލުން ވެދެއްވި އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފުޓުބޯޅަ ދަނޑުތައް އެޅުމުގެ ވައުދުފުޅުގެ ތެރެއިން މިހާރު ވެސް 39 ދަނޑެއްގެ އަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިހާތަނަށް ނިންމާލެވުނީ ނިލަނދޫ ދަނޑުގެ އިތުރުން ނ. ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް