Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 00:18
އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ
އަބުރު ފަންޑަށް ފައިސާ ހަދިޔާ ކުރަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ އަބުރު ފަންޑު
ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި
އަބުރު ފަންޑު ބަންދުކޮށްފައިވަނީ ހޯމަ ދުވަހު
ފަންޑަށް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ

އާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ރާއްޖެޓީވީގެ އަބުރު ފަންޑު ބަންދުކޮށްފި އެވެ.

އަބުރު ފަންޑު ފޮށި ބަންދުކޮށްފައއިވަނީ ހޯމަދުވަހުގެ 06:00 ގަ އެވެ.

އަބުރު ފަންޑު ބަންދުކޮށްފައިވާ އިރު އެއް މަސް ދުވަހުގެ ތެރޭގައި ދެ ލައްކަ ރުފިޔާ އެއްކުރެވިފައިވާ ކަމަށް ރާއްޖެޓީވީން ބުނެ އެވެ.

ރާއްޖޭގެ އެކި މުއައްސަސާތަކުން ރާއްޖެޓީވީ އާއި ރާއްޖެޓީވީގެ ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދާތީ އެ ފައިސާ ދެއްކުމަށްޓަކައި ހުޅުވި އަބުރު ފަންޑަށް ލިބުނު ތަރުހީބާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ބިސްނަސް ޑިވެލޮޕްމެންޓް މެނޭޖަރ، ސިމާނާ އިސްމާއިލް ވިދާޅުވީ، އަބުރު ފަންޑަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށާއި އެގޮތުން ރަށްރަށުންނާއި ވަކި ވަކި ފަރުދުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަބުރު ފަންޑަށް އެއް މަސް ދުވަހުގެ ތެރޭގައި ލިބުނު ތަރުހީބުން ދައްކުވާދެނީ ރާއްޖެޓީވީއަށް އޮތް ސަޕޯޓާއި ތަރުހީބު. ގިނަ ދުވަސް މަތިން އެކި ފަހަރު އައިސް ވެސް ފަންޑަށް ފައިސާ ހަދިޔާކުރި މަންޒަރު ފެނިގެން ދިޔަ. އޭނގެ އިންވެސް އެނގެނީ ގިނަ ބައެއް ރާއްޖެޓީވީ ބަލައިގެންފައިވާ މިންވަރު." ސިމާނާ ވިދާޅުވި އެވެ.

ސިމާނާ ވިދާޅުވީ، އަތޮޅުތަކުގެ ރަށްތަކުން ޚާއްސަކޮށް، ހއ. ހޯރަފުއްޓާއި، ޅ. ނައިފަރާއި ހއ. ދިއްދޫގެ އާއި ޅ. ހިންނަވަރުގެ އިތުރުން ގއ. ދެއްވަދޫ އިން ބޮޑު ތަރުހީބެއް ލިބިފައިވާކަށެެވެ. އަދި އެމްޑީޕީ ހުޅު ހެންވޭރު ދައިރާގެ ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާކަން އޭނާ ފާހަގަކުތެއްވި އެވެ.

ސިމާނާ ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ އިރު އެ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ، އަބުރު ފަންޑުން ލިބުނު ފައިސާ އިން ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެޓީވީގެ މެނޭޖްމެންޓުން މިފަދަ ފަންޑެއް ބެހެއްޓުމަށް ނިންމީ އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ 200،000ރ. އިން ޖޫރިނަމާކޮށް، އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔަކު 50،000ރ. އިން ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. އަދި ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަން ސާބިތުކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު އާއި މުހައްމަދު ވިސާމް، ކޮންމެ މީހަކު 28،800ރ. އިން ޖޫރިމަނާކޮށްފައި ވާތީ އެވެ.

މީގެ އިތުރުން ރާއްޖެޓީވީގެ ކެމެރާމަން އާދަމް ޒަރީރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ކުރި ޝަރީއަތަށް ފަހު ވެސް ވަނީ 3،000 ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް