Advertisement
ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 23:51
އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭގެ މުއައްޒަފުން
އަލިފާން ނިއްވާލީ ރަށުގެ ރައްޔިތުންނާއި އިންޖީނުގޭގެ މުއައްޒަފުން
ފޭސްބުކް
ކަރަންޓް ކެނޑުން
ހަ ގަޑިއިރަށް ފަހު ނަރުދޫ އަށް ކަރަންޓް ދީފި
އިތުރު އިންޖީނެއް ނަރަދޫ އަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން

 ނަރަދޫ އިންޖީނުގޭގައި ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނުތާ ހަ ގަޑިއިރު ފަހުން އަލުން ކަރަންޓްގެ ހިދުމަތް ދީފި އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަން މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ އިންޖީނުގޭގައި ހުރި ތިން އިންޖީނުގެ ތެރެއިން ދެ އިންޖީނު ކަމަށެވެ.  އެގޮތުން ޝަރީފް ވިދާޅުވީ ނަރަދޫ އިންޖީނުގޭގައި ހުންނާނީ 80 ކިލޯގެ ދެ އިންޖީނާއި އަދި 50 ކިލޯގެ އެއް އިންޖީނު ކަަމށެވެ. އޭގެ ތެރެއިން އަލިފާނުގެ ހާދިސާގައި ހަލާކުވެފައި ވަނީ 80 ކިލޯގެ އިންޖީނަކާއި 50 ކިލޯގެ އިންޖީނުގެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ނަރަދޫ އަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދެމުން ދަނީ 80 ކިލޯގެ އިންޖީނުން ކަމަށާއި އަދި އެ އިންޖީނަށް މައްސަލަ އެއް ދިމާނުވާހާ ހިނދަކު ހުރިހައި ވަގުތަކު ވެސް ކަރަންޓުގެ ހިދުމަތް ލިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިހާރު ކަރަންޓް ފޯރުކޮށް ދެމުންދާ 80 ކިލޯގެ އިންޖީނަށް މައްސަލަ އެއް ދިމާވުމުގެ ކުރިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ށ ފޭދޫ އިން 120 ކިލޯގެ އިންޖީނެއް ނަރަދޫ އަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި މިރޭގެ ވަގުތެއްގައި އެ އިންޖީނު ނަރަދޫ އަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ޝަރީފް ވިދާޅުވީ އަލިފާނުގެ ހާދިސާ އަކީ ޓެކްނިކަލް މައްސަލައެއްގެ ސަބަަބުން ދިމާވި ހާދިސާއެއް ކަމަށެވެ. އެގޮތުން އިންޖީނުގޭގައި އިން އެއް އިންޖީނެއްގައި ރޯވެފައި ވަނިކޮށް އެ ވަގުތު އިންޖީނުގޭގައި ޑިއުޓީ އަށް މުވައްޒަފަށް ފެނުމުން ވަގުތުން ކަރަންޓް ކަނޑާލައި އަލިފާން ނިއްވުމުގެ މައްސައްކަތް ފެށި ކަމަށެވެ. އޭގެ ސަބަަބުން ދެ އިންޖީނު ހަލާކުވުން ފިޔަވައި އިންޖީނުގެ އަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. ނަމަވެސް އަލިފާން ރޯފި ދެ އިންޖީނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނަރުދޫ ކައުސްސިލްގެ ރައީސް އަބުދުﷲ ޝަފީގު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހޯމަދުވަހުގެ މެންދުރު 11:45 އެހާއިރު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް