ސަރުކާރުގެ މަތީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %20 އުނިކުުރުމަށް ނިންމާފައިވާ ކަމަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިނުމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން މިނިންމުން ނިންމާފއިވަނީ މިހާތަނަށް ދައުލަތުގެ މާލީއްޔަތަށް އިތުރު ބަދަލުތަކެއް ނާންނާތީ އާއި އިތުރަށް ގޯސްވާނެކަމަށް އަންދާޒާ ކުރެވޭތީ ކަމަށެވެ.
ސަރުކާރުން ކުރިން ކަނޑައަޅާފައި އޮތް އުސޫލްގައި މުސާރަ ކުޑަކުރަން ނިންމާފައި އޮތީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުން އެކަންޏެވެ. ނަމަވެސް 20،000ރ. އިން މަތިީގެ މުސާރަތައް ލިބޭ މުވައްޒަފުން މުސާރަ ކުޑަކުރަން ނިންމުން އޮފީސްތަކުގެ ޕާމަނެންޓް ސެކްރެޓަރީންނާއި ކޮންޓްރެކްޓް ސްޓާފުން އޭގެ ތެރެއަށް ވަންނާނެ ކަމަށްް ވިދާޅުވިއެވެ.
ސަރުކާރުގެ ނިންމުން:
- 20،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގައި ކަނޑައެޅިފައިވާ މީހުންގެ އަސާސީ މުސާރައިން %20 އުނިކުރަން
- 25،000 ރުފިޔާ އާއި 60،000 ރުފިޔާ އާއި ދެމެދުގެ އަސާސީ މުސާރަ ލިބޭ ފަރާތްތަކުން %30 އުނިކުރަން
- 60،000 ރުފިޔާއަށް ވުރެ މަތިން އަސާސީ މުސާރަ ލިބޭ ފަރާތްތަކުގެ މުސާރައިން %35 އުނިކުރަން
ދައުލަތަުން މުސާރަދޭ މުވައްޒަފުންގެ ތެރެއިން 20،000 ރުފިޔާއަށްވުރެ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ދައުލަތުގެ ހުރިހާ މުވައްޒަފުން ގެއަށް ގެންދަން ލިބޭ ޖުމުލަ މުސާރަ ކެޕް ކުރަން ނިންމާފައިވާ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ މާނައަކީ 10،000 ރުފިޔާއަށް ވުރެ ދަށުން ލިބޭ މީހަކަށް ހުރިހާ އެލަވެންސް ތަކެއް ލައިގެން ގެއަށް ގެންދަން ލިބޭނޭ ގިނަވެގެން 250000 ރުފިޔާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ މެނޭޖިންގ ޑިރެކްޓާރުންނާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ މުސާރަ %20 އުނިކުރަން ކުރިން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އަލުން މުރާޖަޢާ ކުރުމަށްފަހު ނިންމާފައިވާނީ އަސާސީ މުސާރައިން %22 އަދި ބޯޑުތަކުގައި ތިއްބަވާ އެމްޑީންނާއި ޑީއެމްޑީންގެ ބޯޑް އެލަވެންސް މިހާރު ވާނީ ކަނޑާލެވިފއި ކަމަށެވެ. އެހެންކަމުން އެމްޑީންނާއި ޑީއެމްޑީންގެ މުސާރައިން ޖުމްލަކޮށް %32 ކެނޑިގެންދާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
މުސާރަތަކަށް ގެނެވުނު ބަދަލުތަކާއި ގުޅޭ ސަރކިއުލާއެއް ފިނޭންސް މިނިސްޓްރީން ނެރޭނެ ކަމަށް އަމީރު ވިދާޅުވިއެވެ.