Advertisement
ކ. މާލެ
|
3 އޭޕްރިލް 2017 | ހޯމަ 19:54
ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފައި
ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް ވަނީ އުފެދިފައި
އިންސްޓަގްރާމް
ރައުދާގެ ކުއްލި މަރު
ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ
ރައުދާ މަރުވެފައި އޮއްވާ ފެނިފައިވަނީ މާޗް 29 ގައި
ރައުދާގެ އެކައުންޓް ގެއްލެންވީ ސަބަބެއް އަދި ސާފެއް ނުވޭ
ރައުދާގެ އިންސްޓަގްރާމްގައި 68000 އަށް ވުރެ ގިނަ ފޮލޮވަރުން ތިބި

ބައިނަލްއަގްވާމީ ދުނިޔޭގައި ނަންވިދާލަމުން ދިޔަ، ދިވެހި މޮޑެލް ރައުދާ އާތިފްގެ މަރާ ގުޅިގެން އެތަކެއް ސުވާލުތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި އޭނާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިއްޖެ އެވެ.

އިންސްޓަގްރާމްގައި 68،100 އަށް ވުރެ ގިނަ މީހުން ރައުދާ ފޮލޯކުރެއެވެ. ރައުދާގެ އެކައުންޓް ގެއްލުނު ގޮތެއް އަދި ސާފެއް ނުވެއެވެ.

އެކައުންޓްގެ ވެރި މީހާއަށް ޑިލީޓް ކުރެވުނަސް، އިންސްޓަގްރާމް ބޭނުން ކުރުމުގެ ޕޮލިސީ އޮންނަ ގޮތުން އެކައުންޓަކީ އެހެން ގެއްލޭނެ އެކައުންޓެއް ނޫނެވެ. ނަމަވެސް، އިންސްޓަގްރާމް އެކައުންޓްގެ ގަވާއިދުތަކާ ހިލާފް ވެއްޖެ ނަމަ އަކައުންޓް ބްލޮކްވުން އެކަށީގެންވެއެވެ. މީގެ އިތުރުން ގިނަ ފަރާތްތަކުން އެއް އަކައުންޓެއް ރިޕޯޓްކޮށްފި ނަމަ މައްސަލަ ބަލާނެއެވެ. އަދި އެކައުންޓް ސަސްޕެންޑް ކުރެވިގެން ދާނެއެވެ.

ރައުދާގެ އިންސްޓަގްރާމް އެކައުންޓް ގެއްލިފައިވަނީ ހޯމަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި

ރައުދާގެ އެކައުންޓް ގެއްލިފައި މިވަނީ އޭނާ ފޮލޯކުރާ މީހުންގެ ތެރެއިން ކުއްލިއަކަށް ދެ މީހުން މަދުވުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ސުވާލު އުފައްދަމުން ދަނިކޮށެވެ. އޭގެ ތެރޭގައި ކޮލެޖްގައި އޭނާއާ އެކު އެންމެ ގާތްކޮށް އުޅުނު އަދި އެންމެ ފަހުން އޭނާ ފެނުނު ކަމަށް ބުނާ ކަޝްމީރުގެ އަންހެން ކުއްޖެއް ކަމަށްވާ ސީރަތު ޕަރްވީން ހިމެނެއެވެ. ރިޕޯޓްތައް ބުނާ ގޮތުން ރައުދާ މަރުވި ރޭގެ ދަންވަރު ވެސް ދެ މީހުން އެކުގައި ފެނިފައި ވެއެވެ.

އެކައުންޓް ޑިލީޓްކުރީ އާއިލާއިން ކަމަށް އެކަށީގެންވެއެވެ. ނަމަވެސް، ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އާއިލާ މިހާރުވީ ބަންގްލަދޭޝްއިން ރާއްޖެ އައުމުގެ ދަތުރު މަތީގައެވެ. އެހެން ކަމުން އެކައުންޓު ޑިލީޓް ކުރީ އާއިލާއިން ކަން ކަށަވަރު ކުރެވޭ ގޮތެއް ނުވެއެވެ.

ބަންގްލަދޭޝްގައި ކިޔަވަމުންދިޔަ، މަޝްހޫރު މޮޑެލް ރައުދާ އާތިފް މަރުވެފައި އޮއްވާ ފެނިފައި ވަނީ މާޗް 29 ގައެވެ. އޮޓޮޕްސީ ރިޕޯޓުން ރައުދާ މަރުވެފައިވަނީ ދަންޖެހިގެންކަމަށް ދެއްކި ނަމަވެސް، ރައުދާގެ އާއިލާއާއި ގާތް ފަރާތްތަކާއި އާންމުންގެ ގިނަ ފަރާތްތަކުން ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އަދި ގިނަ ފަރާތްތަކުން ދަނީ ފުރިހަމަ ތަހުގީގަކަށް ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ ކުރީގެ ރައީސް ވެސް ވަނީ ރައުދާ މަރުވި ގޮތުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް