ކ. މާލެ
|
6 މެއި 2020 | ބުދަ 03:49
ފުރަބަންދުކޮށްފައިވަނިކޮށް މަގުމަތިން ދިޔަ މީހަކާ ފުލުހުން ސުވާލުކުރަނީ
ފުރަބަންދުކޮށްފައިވަނިކޮށް މަގުމަތިން ދިޔަ މީހަކާ ފުލުހުން ސުވާލުކުރަނީ
ރާއްޖެއެމްވީ
މާލެ ސިޓީ ފުރަބަންދު
ފުރަބަންދު އަމުރާ ހިލާފުވެގެން ޖޫރިމަނާގެ ގޮތުގައި 2.5 މިލިއަން ރުފިޔާ!
ޖުމްލަ 2497 މީހަކު ވަނީ ޖޫރިމަނާކުރެވިފައި، މީގެ ތެރެއިން 2130 ޖޫރިމަނާކުރީ މާލެއިން
މިހާތަނަށް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ 140 މީހެއް
ފުރަބަންދު އަމުރާ ހިލާފުވާ މީހުންގެ އަދަދު ނިސްބަތުން މަދު

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާންކޮށްފައިވާ ފުރަބަންދު އަމުރާ ހިލާފުވެގެން މިހާތަނަށް 2497 މީހަކު ޖޫރިމަނާ ކޮށްފި އެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ޖޫރިމަނާ ކޮށްފައިވަނީ މާލެ އިންނެވެ. އެގޮތުން މާލެ އިން އެކަނިވެސް 2130 ފަރާތެއް ވަނީ ޖޫރިމަނާކޮށްފަ އެވެ.

އޭޕްރިލް 5 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާ ކުރެވުނު ފަރާތްތައް

  • މާލެ: 2130
  • ހުޅުމާލެ: 305
  • ވިލިމާލެ: 62
  • ޖުމްލަ: 2497

މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 2،497،000ރ. އެވެ. ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ. މި އަމަލު ތަކުރާރުކުރާނަމަ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ދަށުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

މިހާތަނަށް ފުލުހުން ވަނީ 140 މީހަކު ހައްޔަރަށް ގެންގޮސްފަ އެވެ. ނަމަވެސް، ހައްޔަރަށް ގެންދާ މީހުންގެ އަދަދު ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ މަދުވަމުންނެވެ. އެގޮތުން އޭޕްރިލް 5 ގައި ހައްޔަރަށް ގެންދެވިފައިވަނީ އެންމެ ތިން މީހެކެވެ.

- ކޮމެންޓް
7 މެއި 2020 | ބުރާސްފަތި 02:24
ޙާމިދު
ބިދޭސީން ލާރި ނުދައްކާފިއްޔާ ކިހިނެއް ހަދާނީ. ޢަނެއް ކޮޅުން އެންޓާކުރާނީ ކީކޭ ކިޔާފައި.