ކ. މާލެ
|
5 މެއި 2020 | އަންގާރަ 22:19
ޑރ އިބްރާހިމް އަފްޒަލް
ޑރ އިބްރާހިމް އަފްޒަލް
ރައީސް އޮފީސް
ދަރުމަވަންތައިގައި ފަރުވާ ދެމުންދާ ފަރާތް
އިތުރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދޭ: ޑރ އަފްޒަލް
ޖުމްލަ 2 މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އެބަދޭ

ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އޭގެތެރެއިން އިތުރު މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަމަށް ޑރ އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ޑީއެޗް 11 ގައި ފަރުވާދެމުންދާ ހަ މީހުންގެ ތެރެއިން މީހަކަށް ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެއީ 70 އަހަރުގެ މީހަކާއި 80 އަހަރުގެ މީހެއްކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ޑރ. ވިދާޅުވިގޮތުގައި ބާކީ ތިބި މީހުންގެ ހާލު ސްޓޭބަލްއެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވަނީ، އެހެން ގައުމުތަކުގެ ތަފާސް ހިސާބްތަކަށް ބަލާއިރު ގާތްގަނޑަކަށް 2 އިންސައްތަ ނިޔާވާކަމަށާއި ރާއްޖޭގައި މިހާތަނަށް ޖުމްލަ ޕޮޒިޓިވްވި އަދަދަށް ރިއާޔަތްކޮށް ހަދާފައިވާ އަންދާޒާ ހިސާބުތަކަށް ބަލާނަމަ ގާތްގަނޑަކަށް 15 އިންސައްތަ މީހުން ކޮމްޕްލިކޭޝަންސް އަލާމާތްތަކެއް ނުވަތަ ބަލި އިތުރަށް ބޮޑުވެއްޖެނަމަ 40 ޕޭޝަންޓުން އެޑްމިޓް ކުރަންޖެހޭނެކަމަށް ބުނެފައެވެ. އަދި އޭގެތެރިން 14 ޕޭޝަންޓުން އައިސީޔޫގައި ފަރުވާ ދޭންޖެހޭނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

- ކޮމެންޓް