ކ. މާލެ
|
5 މެއި 2020 | އަންގާރަ 07:46
ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ރަށެއްގައި ފެންބޮޑުވުމުން ފެން ހިއްކަނީ
ވާރޭ ވެހުމުގެ ސަބަބުން ރާއްޖޭގެ ރަށެއްގައި ފެންބޮޑުވުމުން ފެން ހިއްކަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި
އަންގާރަ ދުވަހުގެ ރޭގަނޑު 8 ޖެހުމާ ހަމައަށް މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނޭ
ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވޭ
އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދޭކަމަށް މެޓް އޮފީހުން ބުނޭ

ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ފަތިހު 04:30 ން ފެށިގެން 0900 ށް އެޞަރައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެއިތުރުން އަންގާރަ ދުވަހުގެ ރޭގަނޑު 8 ޖެހުމާ ހަމައަށް މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. މީގެއިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި އެހެންކަމުން އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެދޭކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް