ކ. މާލެ
|
5 މެއި 2020 | އަންގާރަ 04:13
އިންދިރާ ގާންދީ މެމޯރިއަސް ހޮސްޕިޓަލް
އިންދިރާ ގާންދީ މެމޯރިއަސް ހޮސްޕިޓަލް
ރާއްޖެއެމްވީ
ސީރިއަސް ހާލަތަކަށް ދިޔުން
ކޮވިޑް19 އަށް ޕޮޒިޓިވްވި ބިދޭސީއެއްގެ ހާލު ސީރިއަސްވެއްޖެ
އޭނާ އަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެއް
އެމީހާ ވަނީ ކްރިޓިކަލް ހާލަތުގައި
ބަދަލުކުރެވުނީ އައިޖީއެމްއެޗް އަށް

ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހެއްގެ ހާލު ގޯސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް އަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު އިދިފުށަށް ދެމުމާއި ގުޅިގެން ހާލަތު ގޯސްވެފައިވާ ކަމަށެވެ. އަދި އެމީހާ ވަނީ ކްރިޓިކަލް ހާލަތުގައި ކަމަށެވެ. އޭނާ އަކީ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

މިއާއި އެކު ހޮސްޕިޓަލްގައި ފަރުވާދެމުންދާ މީހުންގެ އަދަދު ވަނީ 7 އަކަށް އަރާފައެވެ. އޭގެ ތެރެއިން ތިން މީހުން ސްޓޭބަލް ކަމަށާއި އަދި ދެ މީހަކަށް އޮކްސިޖަން ދޭން ފަށާފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ވިދާޅުވެފައެވެ. އަދި އެކަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 551 މީހުން ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 282 މީހުންނަކީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. މާލެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު އެއް ކްލަސްޓަރ އަކީވެސް ބިދޭސީންގެ ކްލްސްޓަރއެވެ.

- ކޮމެންޓް