ކ. މާލެ
|
5 މެއި 2020 | އަންގާރަ 00:33
އެޗްޕީއޭގެ ފަރާތުން ރެންޑަމް ސާމްޕަލިންގގެ މަސައްކަތް ކުރިއަށްގެންދަނީ
އެޗްޕީއޭގެ ފަރާތުން ރެންޑަމް ސާމްޕަލިންގގެ މަސައްކަތް ކުރިއަށްގެންދަނީ
ރާއްޖެ އެމްވީ
ކޮވިޑް-19 އަށް އިތުރު ބަޔަކު ޕޮޒިޓިވްވުން
ކޮވިޑް-19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 551ށް
އޭގެތެރޭގައި ހިމެނެނީ ދިވެހިންނާއި، ބަންގްލަދޭޝް މީހުން
ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުން
ރާއްޖެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 18 މީހުން

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ 4 މީހަކު ޕޮޒިޓިވްވެ ޖުމްލަ އަދަދު 545ށް އަރާފައިވާ ކަމަށެވެ.

އޭގެފަހުން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނީ މެއި 4 ވަނަ ދުވަހުގެ 11:45 އާއި ހަމައަށް 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ އަދަދު 551ށް އަރާފައިވާކަމަށެވެ. އަދި އޭގެތެރޭގައި ހިމެނެނީ 5 ދިވެހިންނާއި، ބަންގަލަދޭޝްއަށް ނިސްބަތްވާ 5 މީހުންކަމަށެވެ.

އެޗްޕީއެގެ ޑޭޝްބޯޑުގައި ހުރި މައުލޫމާތުތައް ދައްކާގޮތުން ހޯމަ ދުވަހު ބައްޔަށް ޕޮޒިޓިވްވެފައިވަނީ ޖުމްލަ 20 މީހަކު އެވެ.

ރާއްޖެއިން ބަޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެއީ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ 51 އިންސައްތަ އެވެ.

ބަލި ޖެހުނު މީހުންގެތެރެއިން މިހާތަނަށް ބަލިން ރަނގަޅުވެފަިއވަނީ 18 މީހަކު އެވެ. އަދި ދެންތިބި އެންމެންނަށް ފަރުވާދެމުން އަންނައިރު، ހޮސްޕިޓަލުގައި އެދުމަތިކޮށްގެން ފަރުވާދެނީ 6 މީހަކަށެވެ. ހޯމަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ އޭގެތެރެއިން 3 މީހެއްގެ ހާލު ރަނގަޅުކަމަށެވެ.

- ކޮމެންޓް