ކ. މާލެ
|
4 މެއި 2020 | ހޯމަ 23:43
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު
ރައީސް އޮފީސް
ކޮވިޑް-19އާ ގުޅިގެން ހާމަކުރާ މައުލޫމާތު
ކަމެއް ފޮރުވަން މަސައްކަތެއް ނުކުރަން، އަޅުގަނޑުމެންނަށް އިތުބާރު ކުރައްވާ: މަބްރޫކް
ކޮންމެ ދުވަހަކު ހުރިހާ މައުލޫމާތެއް ހާމަކުރަން
ކަމެއް ގޯހުން ކުރެވުނަށް އެކަމެއް ހާމަކުރާނެ

ކޮވިޑް-19އާ ގުޅުހުން ހުރި އެއްވެސް ކަމެއް ފޮރުވަން މަސައްކަތް ނުކުރާ ކަމަށާއި، އިތުބާރު ކުރެއްވުމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު އެދިވަޑައިގެންފިއެވެ.

ހޯމަ ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދޭންޖެހޭ ހުރިހާ މައުލޫމާތެއް ކޮންމެ ދުވަހަކު ހާމަކުރަމުންދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މިއޮޕްރޭޝަންގެ މަސައްކަތުގައި ދިމާވާ މައްސަލަތައް ވެސް ހާމަ ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ކަމެއް ފޮރުވުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

ގޯސްކަމެއް ހިނގާފައިވާނަމަ ނުވަތަ އިހުމާލެއްވާނަމަ ދެން އެކަމެއް ރަނގަޅު ކުރޭނެ ގޮތަށް އަލިއަޅުއްވާލައްވާ މަބްރޫކް ވިދާޅުވީ މަސައްކަތް ކުރަނީ މަސްލަހަތަށް ކަމަށާއި، އެކަމެއް ސިއްރު ކުރުމަށްވުރެ ހާމަކުރުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޮޕަރޭޝަންގެ ތެރޭގައި ދިމާވާ މައްސަލަތައް ވެސް. އެކަހަލަ ކަމެއް ދިމާވިޔަސް މިބުނެދެނީ މިގޮތަށް ހިނގި ކަމެކޭ. އަތް ދަށުން ކަމެއް ގޮސްފައި އޮތިއްޔާ އަޅުގަނޑުމެން ބުނާނެ ކުރީ ބައިގައި. ހަމަ ތިބޭފުޅުންގެ ކައިރީގައި މިވެނި ކަމެއް މިވެނި ގޮތަކަށް ވެއްޖޭ. މިވެނި ރަށެއްގައި މިވެނި ވަރަކަށް ޕޮޒިޓިވް ވެއްޖޭ. އެއިތުބާރު ބޭއްވެވުން އަޅުގަނޑުމެން އެދެން.
ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ މީގެ ކުރިން ވެސް މަސައްކަތް ކުރަމުން އައީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް މަސައްކަތް ކުރާނީ މައުލޫމާތުތައް ފޯރުކޮށްދީ ހާމަކަން ބޮޑު ގޮތެއްގައި ކަމަށެވެ.

- ކޮމެންޓް