ކ. މާލެ
|
4 މެއި 2020 | ހޯމަ 20:39
ޑިފެންޑަރު މާކޯސް ރޯހޯ
ޑިފެންޑަރު މާކޯސް ރޯހޯ
ގެޓީ އިމޭޖަސް
ރޯހޯ އަށް ނަސޭހަތްތެރިވަނީ
ގަވާއިދާ ޚިލާފުވުމުން ރޯހޯ އަށް ޔުނައިޓެޑުން ނަސޭހަތްތެރިވަނީ
ރޯހޯ އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން އާޖެންޓީނާގެ އެސްޓޫޑިއާންޓޭސް އަށް ކުޅެމުން
ރޯހޯ ވަނީ އާޖެންޓީނާގެ ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވެފައި

އާޖެންޓީނާގެ ލޮކްޑައުން ގަވާއިދުތަކާ ޚިލާފުވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއްގެ ދަށުން އާޖެންޓީނާގެ އެސްޓޫޑިއާންޓޭސް އަށް ކުޅެމުން އަންނަ ޑިފެންޑަރު މާކޯސް ރޯހޯ އަށް ނަސޭހަތްތެރިވާން ނިންމައިފި އެވެ.

2008 ވަނަ އަހަރު ކެރިއަރު ފެށި ކްލަބު ކަމަށްވާ އެސްޓޫޑިއާންޓޭސް އަށް ރޯހޯ ބަދަލުވީ މިއަހަރުގެ ޖެނުއަރީ މަހު މެންޗެސްޓާ ޔުނައިޓެޑްގެ ލޯނު އެއްބަސްވުމެއް ދަށުންނެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އާޖެންޓީނާ ވެސް ލޮކްޑައުން ކޮށްފައިވާއިރު، މި މަހުގެ 10 ގެ ކުރިން ގެއިން ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އެކަމަކު ރޯހޯ، އޭނާގެ ރަހުމަތްތެރިންތަކަކާއެކު ހަރަކާތްތެރިވާ ފޯޓޯތަކެއް ރޯހޯގެ ބޭބެ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. އެކަމަކު ފަހުން އެ ފޮޓޯތައް ވަނީ ޑިލީޓް ކޮށްފައެވެ.

އެހެންކަމުން ޔުނައިޓެޑުން ވަނީ ގަވާއިދާ ޚިލާފުވި މައްސަލައިގައި ރޯހޯ އަށް ނަސޭހަތްތެރިވާން ނިންމާފައެވެ.

ރޯހޯ އަށް ނަސޭހަތްތެރިވާން ޔުނައިޓެޑުން ނިންމިއިރު، މީގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ކުޅުންތެރިންނަށް ވަނީ ގަވާއިދާ ޚީލާފުވުމުން ނަސޭހަތްތެރި ވެފައެވެ. އެގޮތުން އެސްތަން ވިލާގެ ފޯވާޑް ޖެކް ގްރީލިޝް އާއި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ކައިލް ވޯކާ އަދި އެވަޓަންގެ ފޯވާދް މޮއިސް ކީން އަށް ގަވާއިދާ ޚިލާފުވުމުން ވަނީ ނަސޭހަތްތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް