ކ. މާލެ
|
4 މެއި 2020 | ހޯމަ 12:45
ގއ.ވިލިނގިލި ބަނދަރު ބޭނުން ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި
ގއ.ވިލިނގިލި ބަނދަރު ބޭނުން ކުރުމަށް މިހާރު ވަނީ ހުޅުވާލާފައި
އެމްޓީސީސީ
ގއ. .ވިލިނގިލި ބަނދަރު ބޮޑުކޮށް، ހުޅުވުން
ގއ ވިލިނގިލި ބަނދަރު ހުޅުވައިފި
އެރަށުގެ ފަޅުން 7985 ކިޔުބިކް މީޓަރުގެ ޞަރަޙައްދެއް ފުންކޮށްފައިވޭ
މިމަޝްރޫއުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި
10.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވޭ

ގއ. ވިލިނގިލި ބަނދަރުގެ މަސައްކަތް ނިންމާ، އެބަނދަރު ހުޅުވައިފިއެވެ.

ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

ވިލިނގިލީ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ދަށުން 346 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ހަދާފައިވާއިރު، އެއްގަމުތޮށިން ބޭރު ތޮށްޓަށް އެރުމަށް 3 މީޓަރ ފުޅާމިނުގެ އަދި 1.5 ޓަނުގެ ލޮރީއަށް ދަތުރުކުރެވޭ ވަރުގެ ބްރިޖެއްވެސް ވަނީ ތަރައްޤީކޮށްފައެވެ. އަދި އެރަށުގެ ފަޅުން 7985 ކިޔުބިކް މީޓަރުގެ ޞަރަޙައްދެއް ފުންކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ވިލިނގިލީ ބަނދަރުގެ މަޝްރޫޢަށް 10.6 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވެއެވެ.

- ކޮމެންޓް