ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް މިދިޔަ މަހުގެ 28ގެ ނިޔަލަށް 666.2 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ވީކްލީ ކޮވިޑް-19 ސްޕެންޑިންގް ރިޕޯޓުން ހާމަވެއްޖެ އެވެ.
ޚަރަދުތަކުގެ ތަފްސީލުތަކަށް ބަލާލާއިރު އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންނެވެ. އެ އޮތޯރިޓީން އޭޕްރިލް 28ގެ ނިޔަލަށް 472.2 މިލިއަން ޚަރަދުކޮށްފައި ވެއެވެ. ޑިޒާސްޓަރ އިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕްލައިޒް އެންޑް ރިކުއިޒިޓްސް އަށް ހަރަދުކޮށްފައިވާ 292.2 މިލިއަން ރުފިޔާ އެވެ.
ހެލްތު މިނިސްޓްރީން ޚަރަދުކޮށްފައިވަނީ 135.7 މިލިއަން ރުފިޔާ އެވެ. ކެޕިޓަލް އިކުއިޕްމެންޓަށް 62.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ހިންގުމުގެ ޚަރަދަށް 1.2 މިލިއަން ޚަރަދުކޮށްފައި ވެއެވެ. އަދި މެއިންޓެނެންސަށް 1 މިލިއަން ޚަރަދުކޮށްފައި ވެއެވެ. ސަޕްލައިޒް އެންޑް ރިކުއިޒިޓްސް އަށް 10.8 މިލިއަން ޚަރަދުކޮށްފައިވާއިރު ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސަޕްލައިޒް އެންޑް ރިކުއިޒިޓްސް އަށް 69.2 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. އިތުރު 0.8 މިލިއަން ރުފިޔާ ދަތުރުފަތުރަސް ވަނީ ހަރަދުކޮށްފަ އެވެ.
މީގެ އިތުރުން ފެމިލިީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިން 0.1 މިލިއަން ޚަރަދުކޮށްފައި ވެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ވެސް 0.1 މިލިއަން ޚަރަދުކޮށްފައިވާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވެސް 0.1 މިލިއަން ޚަރަދުކޮށްފައި ވެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ 3.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ޒަކާތު ފަންޑުން 3.0 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ ބިމާއި އިމާރާތަށް 27.9 މިލިއަން ޚަރަދުކޮށްފައެވެ.
ވުޒާރާތަކުން ކޮށްފައިވާ އިތުރު ހަރަދުތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ވަނީ މިހާތަނަށް ޖުމްލަ 16.3 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. އޭގެ ތެރެއިން 15.4 މިލިއަން ބޭނުންކޮށްފައިވަނީ އޮޕަރޭޝަނަލް ހިދުމަތަތްތަކަށެވެ. އަދި ދަތުރު ކުރުމުގެ ޚަރަދަށް 0.8 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.
އަދި ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އިން ގްރާންޓާއި އެހީގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން 2.9 މިލިއަން ރުފިޔާ ޚަރަދުކޮށްފައި ވެއެވެ. ރިޕޯޓުގައި ބުނާގޮތުން މިއަދަދުތަކަށް ބަދަލު އައުމަކީ އެކަށިގެންވާ ކަމެކެވެ.