މިއީ ލޮކްޑައުންގައި ގޭގައި ތިބެގެން މަދު ތަކެތި ބޭނުންކޮށްގެން ފިހެވިދާނެ ކޭކެކެއެވެ. އޯރިއޯގެ ކޮންމެ ފްލޭވަރ އެއްވެސް ބޭނުންކޮށްލެވިދާނެއެވެ. ކޭކް ފިހެން އަވަނެއް ބޭނުމެއް ނުވާނެއެވެ. އާންމުކޮށް ކޭކު ފިހަން ބެނުންކުރާ ބާވަތްތައް މި ރެސިޕީއަށް ބޭނުމެއް ނުވެއެވެ.
ބޭނުންވާ ތަކެތި
- 2 ޕެކެޓް އޯރިއޯ ބިސްކޯދު (ބޮޑު)
- 220މލ ކިރު (ވާމް މިލްކް)
- އެއް ސަމުސާ އާއި ބައި ސަމުސާގެ ބޭކިންގ ޕައުޑަރ
- 2 ސަމުސާ މެލްޓެޑް ޗޮކްލެޓް
ތައްޔާރުކުރާނެ ގޮތް
ބިސްކޯދުތަކުން ކްރީމް ކޮޅު ވަކިން ނަގާ ތައްޓަކަށްލުމަށްފަހު، ބިސްކޯދުތައް މިކްސަރުން ރަނގަޅަށް ފުނޑު ވަންދެން މިކްސް ކޮށްލާށެވެ. އެއަށްފަހު ބިސްކޯދުތައް ބޯތައްޓަކަށް އެޅުމަށްފަހު ކިރު އަޅާ އެއްކުރަމުން ދާށެއެވެ. އެއްކޮށް އޮމާންވަންދެން މިކްސް ކޮށްލުމަށްފަހު، ތަވައެއްގައި ތެޔޮ ހާކާފައި ކޭކު ފިހެލާށެވެ. ކޭކް ފިހާއިރު، ތަވާގެ މަތި ރަނގަޅަށް ޖެހުމަށްފަހު މަޑު ގިނީގައި 8 މިނިޓް ނޫނީ 10 މިނިޓް ވަންދެން ބަހައްޓާށެވެ.
ދެން ކުރިން ނެގި ކްރީމްގެ ތެރެއަށް ޗޮކްލެޓް ދިޔާކުރުމަށްފަހު އަޅާލާށެވެ. ރަނގަޅަށް އޮމާންވަންދެން މިކްސްކޮށްލާށެވެ. އޭރުން ހުންނާނީ ކްރީމް ތައްޔާރުކުރެވިފައެވެ.
ކޭކު ފިނިވުމުން ފުރަތަމަ ލޭޔާރުގެ މައްޗަށް ކްރީމް ހާކާލާށެވެ. އެއަށްފަހު އަނެއް ކޭކުފޮތި މަތީގައި ބާއްވާށެވެ. އަނެއްކާ ވެސް ބާކީ ހުރި ކްރީމްކޮޅު އެ ލޭޔަރު މަތީގައި ހާކާލާށެވެ. އެއަށްފަހު ޗޮކްލެޓް ގާނާފައި ކޭކު މައްޗަށް އަޅާލާށެވެ.