ކ. މާލެ
|
3 މެއި 2020 | އާދީއްތަ 20:39
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ)
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ)
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
އައިސީސީ އަށް އަފްލާހް އިންތިޚާބުވުން
ދުނިޔޭގެ ކްރިކެޓް ޖަމިއްޔާ އަށް އަފްލާހް ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފި
މި މަގާމަށް އަފްލާހު އެންމެ ފުރަތަމަ އިންތިޚާބުވީ 2018 ވަނަ އަހަރު

އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލްކުރާ މެމްބަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ދެވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންފި އެވެ.

އަފްލާހް މި މަގާމަށް ދެވަނަ ފަހަރަށް ހޮވިވަޑައިގަތީ ސައުދީ އަރަބިއްޔާގެ މަންދޫބަކާ ވާދަކުރައްވައިގެން ހުރިހާ ވޯޓެއް ކާމިޔާބުކުރައްވައިގެންނެވެ. މި މަގާމަށް އަފްލާހު އެންމެ ފުރަތަމަ އިންތިޚާބުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ރާއްޖެ.އެމްވީ އަށް ދެއްވި އިންޓަވިއުއެއްގައި އަފްލާހް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި އޭޝިއާގެ ގައުމުތަކުގެ ފުރިހަމަ ތާއީދު ލިބުނީ އަދުގެ ސަރުކާރުން ބޭރު ގައުމުތަކާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

އަފްލާހު އިތުރަށް ވިދާޅުވީ މިއީ ރާއްޖޭގެ ކްރިކެޓް ކުރިއަރުވަންވެސް ލިބުނު ފަހި ފުރުސަތެއް ކަމަށާއި، އަމާޒަކީ ކުރިއަށް އޮތް މުސްތަގުބަލުގައި ރާއްޖޭގެ ކްރިކެޓްވެސް މިހާރަށްވުރެ ބޮޑަށް ފުޅާވެގެން ދިޔުން ކަމަށެވެ.

މި މަގާމާ އެކު، އައިސީސީގައި ހިމެނޭ އޭޝިއާގެ 21 ގައުމު ތަމްސީލްކުރައްވާނީ އަފްލާހް އެވެ.

ކްރިކެޓުގެ ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި އަފްލާހް އަންނަނީ އޭނާގެ ދައުރުގައި ރާއްޖޭގެ ކްރިކެޓް ކުރިއެރުވުމަށް އެތަށް ގޮތަކުން މަސައްކަތް ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް