ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 14:46
ލޯކަލް މާރުކޭޓްގެ ގޮޅިތައް ބެއްލުވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަޑައިގެން (ފައިލް ފޮޓޯ)
ލޯކަލް މާރުކޭޓްގެ ގޮޅިތައް ބެއްލުވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވަޑައިގެން (ފައިލް ފޮޓޯ)
މާލެ ސިޓީ ކައުންސިލް
މާރުކޭޓުތަކުގެ ގޮޅިތައް ޑިސްއިންފެކްޓް ކުރުން
މިމަހުގެ 6 ގެ ކުރިން މާރުކޭޓުތަކުގެ ގޮޅިތައް ހުސްކުރަން އަންގައިފި
މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއް 11:00 އިން 14:00 އަށް މާރުކޭޓުތަކުގެ ގޮޅިތަކުން ތަކެތި ނެރެވޭނެ
މާރުކޭޓުތަކުގެ ގޮޅިތައް ހުސްކޮށް، ސާފު ކުރުމަށްފަހު، ޑިސްއިންފެކްޓް ކުރެވޭނެ

މާލޭގެ ލޯކަލް މާރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ގެންގޮސް، ގޮޅިތައް ހުސްކުރުމަށް، ގޮޅިތަކުގެ ވެރިފަރާތްތަކަށް މާލެ ސިޓީން ކައުންސިލުން އަންގައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިމަހުގެ އެއްވަނަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ވަނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުއްވާފައިވާ ޞިއްހީ ކުއްލިނުރައްކަލުގެ ޙާލަތުގެ ދަށުން މާލެސިޓީ ފުރަބަންދު ކުރުމާއި ގުޅިގެން މާރުކޭޓުތައް ބަންދުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، މަރުކޭޓުތަކުގެ ގޮޅިތަކުގައި ހުރި ތަކެތި ހުސްކުރުމަށް ދީފައިވާ ފުރުޞަތުގެ ތެރޭގައި މިހާތަނަށް ތަކެތި ނުގެންގޮސް ހުރި ގޮޅިތަކުގެ ވެރިފަރާތްތަކުން 6 މެއި 2020 ގެ ނިޔަލަށް އެތަކެތި ގެންގޮސް ގޮޅިތައް ހުސްކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އަންގާފަ އެވެ.

މި މުއްދަތުގެ ނިޔަލަށް ނުގެންގޮސް ހުރި އެފަދަ ތަކެތި ގޮޅިތަކުން ނަގާ ގޮޅިތައް ހުސްކޮށް، ސާފުކުރުމަށް ފަހު މުޅި މާރުކޭޓް ޑިސްއިންފެކުޓްކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާތީ، ގޮޅިތަކުގެ ވެރިފަރާތަކަށް މިކަން އަންގާކަމަށް ވެސް ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ، މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް މާރުކޭޓުން ތަކެތި ނެރުމަށް ހުޅުވަން ހަމަޖެހިފައިވާ ގަޑިތަކަކީ، ހުކުރުދުވަސް ފިޔަވައި ކޮންމެދުވަހަކު ހެދުނު 11:00 އިން 2:00 އަށް ކަމަށެވެ.

- ކޮމެންޓް