ކ. މާލެ
|
2 މެއި 2020 | ހޮނިހިރު 12:32
މިއީ ތުރުކީ ޗެނަލެއް ރާއްޖެގައި ދައްކާ ފުރުތަމަ ފަހަރު
މިއީ ތުރުކީ ޗެނަލެއް ރާއްޖެގައި ދައްކާ ފުރުތަމަ ފަހަރު
އެސްޕީއައި އިންޓަރނޭޝަނަލް
މީޑިއާނެޓްގެ ޗެނަލްތައް
ތުރުކީގެ ޑްރާމާ ސިލްސިލާތައް ފެންނަ ޗެނަލް އެއް މީޑިއާނެޓަށް
އިތުރު މައުލޫމާތުތައް މީޑިއާނެޓުގެ ކަސްޓަމަރުންނަށް އީމެއިލުން ލިބޭނެ
މިއީ މީޑިއާނެޓުން ދައްކަން ފެށި ތުރުކީ ސިލްސިލާތަކަށް ހާއްސަ ފުރަތަމަ ޗެނަލް
މި ޗެނަލްއަކީ ދުނިޔޭގެ ހުރިހާ ކަންކޮޅަކުން ބެލޭގޮތަށް ތައާރަފުކުރެވުނު ތުރުކީގެ ޑްރާމާ ޗެނަލް

ތުރުކީގެ ޑްރާމާ ސިލްސިލާތައް ފެންނަ ޗެނަލް އެއް މިޑިއާނެޓުން ދައްކަން ފަށައިފިއެވެ.

މީޑިއާނެޓުން ނެރުނު ބަޔާނެއްގައި ވަނީ ގިނަ އަދަދެއްގެ ކަސްޓަމަރުންގެ އެދުމުގެ މަތިން ތުރުކީގެ ޓައިމްލެސް ޑްރާމާ ޗެނަލް (ޓީޑީސީ) މިހާރު ލިބޭނެ ކަމަށެވެ. އެގޮތުން އެ ޗެނަލް ބެލޭނީ ޗެނަލް ނަންބަރު 806 އިންނެވެ.

ޓީޑީސީ އަކީ ޗެނަލް އަކީ ދުނިޔޭގޭ 140 ގައުމެއްގައި 400 މިލިއަން މީހުން ބަލާ ޗެނަލެކެވެ. ޓީޑީސީން ގެނެސްދޭ ޑްރާމާ ސީރީޒް ތަކުގެ ތެރޭގައި، މުޖުތަމައުގެ ތެރޭގައި ހިނގާ ކަންތައްތަކާއި، ދީނީ ކަންތައްތަކުގެ އިތުރުން ލޯބީގެ ކަންތައްތަކާއި ގުޅުހުން ހުންނަ ޑްރާމާތައް ހިމެނެއެވެ.

މިޑިއާނެޓުން ވަނީ، އިތުރު މައުލޫމާތު ހޯދުމަށް މެއިލް ކުރުމަށް ކަސްޓަމަރުންގެ ގާތު އެދިފައެވެ. 2019 ވަނައަހަރު ލޯންޗު ކުރި ޓީޑީސީގެ މަގްބޫލުކަން ދުނިޔޭގެ މަގްބޫލުކަން ހޯދާފައިވާއިރު މި އަހަރުގެ ތެރޭގައި އިތުރުވެގެންދާނެ ކަމަށް ވަނި ލަފާކޮށްފައެވެ.

- ކޮމެންޓް