ސަރުކާރުން ބޭނުން ޖެހިއްޖެ ހާލަތެއްގައި ޓްްރީޓޮޕް ހޮސްޕިޓަލް ބޭނުންކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
ކޮވިޑް-19 އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ހުކުރުދުވަހުގެރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ސަރުކަރުން ކޮވިޑް -19 އާ ގުޅިގެން ހިންގާ އޮރަޕޭޝަންގައި ބައިވެރިވުމަށް ޓްރީޓޮޕް މެނޭޖްމަންޓްގެ ފަރާތުން އެ ހޮސްޕިޓަލް ވަނީ ހުޅުވާލާފައި ކަމަށެވެ.
އަދި ސަރުކާރަށް ޓްރީޓޮޕް ބޭނުން ކުރެވޭނެ ބޯޑް ރިސޮލިއޝަނެއް ފާސްކޮށްފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެކަމާއި ގުޅިގެން ސަރުކާރާއި ޓްރީޓޮޕް ހޮސްޕިޓަލާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ޓްރީޓޮޕް ހޮސްޕިޓަލް ކޮވިޑް -19 ގެ ފަރުވާދޭ ސެންޓަރަކަށް ބަދަލު ކުުރުމަށް ތިން މަސްދުވަހަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާ ކަމަށެވެ.
އަދި މިހާރު ވަނީ ސަރުކާރުން ޓްރީޓޮޕް ހޮސްޕިޓަލް ބޭނުން ކުރުމަށް އެދިފައި ކަމަށާއި އެކަމާ ގުޅޭ އިންތިޒާމްތައް ޓްރީޓޮޕުން ދަނީ ރާވަމުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ޓްރީޓޮޕްގެ ޚިދުމަތްތައް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ޚާއްސަ ދަންނަވާލުމެއް ހޮނިހިރު ދުވަހު ޓްރީޓޮޕުން ނެރޭނެ ކަމަށާއި ޓްރީޓޮޕްގައި ތިިބި ބަލިމީހުން އައިޖީއެމްއެޗަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
އަދި އިތުރު ޚިދުމްތައް ދިނުމަށް ރޭވިފައިވާ އިންތިޒާމްތައް ޓްޜީޓޮޕުން ހާމަކުރާނެ ކަމަށް މަބްރޫކް ވިދާޅުވުއެވެ.