Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 23:28
މެންބަރު އަބްދުﷲ ރިޔާޒް
މެންބަރު އަބްދުﷲ ރިޔާޒް
މުހައްމަދު ޝަރުހާން
ގާސިމް ފޮލިހަށް
ރައީސް ޔާމީނަކީ މައިނޯރިޓީ، ބަލިކުރާނަން: އަބްދުﷲ ރިޔާޒު
އިދިކޮޅު ހަރަކާތް ފަހަތަކަށް ނުޖެއްސޭނެ
ހަތަރު ލީޑަރުން އެއްކޮށް މަސައްކަތް ކުރާނެ ކަމަށް ޔާމީން ހިޔެއްނުކުރޭ

ރައީސް އަބްދުﷲ ޔާމީނަކީ މިހާރު މައިނޯރިޓީ ކަމަށާއި، އެމަނިކުފާނު އުޅުއްވަނީ ސިޔާސީ ހުރިހާ ކާޑެއް ހުސްވެގެން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ކިނބިދޫ ދައިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް ވިދާޅުވީ، ގާސިމް ފުލުހަށް ހާޒިރު ކުރީ ސިޔާސީ މަގްސަދެއްގައި ކަމަށާއި ފުލުހުންނާއި ކަމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން އަޅާ ފިޔަވަޅުތައް އިދިކޮޅު ފަރާތްތަކަށް ވަރަށް ރަގަޅަށް އެނގޭ ކަމަށެވެ. ރިޔާޒް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރު ގައުމެއްގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި އިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ ދަނީ ހުކުމެއް ތަންފީޒު ކުރަމުން ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަކީ މިނިވަންކަމާ އެކު ސިޔާސީ ހަރާކާތްތައް ހިންގެން ހުންނެވި ފަރާތްކަމުން، މިހާރު ސަރުކާރުން އެ މަސައްކަތް ކުރަނީ އެމަކިފާނަށްވެސް ފިއްތުންތައް ކުރިމަތި ކުރުމަށް ކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

ކިތަންމެ ވަރަށް ފިއްތިޔަސް ފަހަތަށް ނުޖެހި ކުރިއަށް ގެންދާނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ. 

"ފަހަރަކަށް ވުރެ ފަހަރަކު އަޅުގަނޑުމެން މަސައްކަތް ހަރުދަނާ ވެގެން، ވަރުގަދަވެގެން ދާނެ. މި މަސައްކަތުގައި ރައީސް ޔާމީން އަޅުގަނޑުމެން ބަލި ކުރާނަން،" ރިޔާޒު ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ވިސްނެނީ، ސިޔާސީ ލީޑަރުން މައްސަލަތުގައި އެންގޭޖު ކުރެއްވީމަ، ސިޔާސީ ހަރަކާތްތައް ކުރިއަށް ނުދާނެއޭ. އަޅުގަނޑުމެންގެ ޓީމު ވަރަށް ބޮޑު. އަޅުގަނޑުމެންގެ ތެރޭގައި އެކި ދާއިރާތަކުގެ މީހުން އެބަތިބި. ލީޑަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރަމުންދާ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާނެ." 

ރިޔާޒް ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކަށް އިދިކޮޅު ފަރާތްތަކުން އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި އެހެން ނަމަވެސް ބައެއް ފަރާތްތަކުން، ފުލުހުންގެ ގާނޫނާ ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރިޝްވަތު ދިން ކަމަށް ތުހްމަތުކޮށްފައިވާއިރު، އާދީއްތަ ދުވަހު ޕޮލިހަށް ހާޒިރުކޮށް ވީޑިއޯ އެނަލިސިސް އެއް ހަދަން، އޭނާގެ ފޮޓޯ އާއި އަޑުގެ ސާމްޕަލް ވަނީ ނަގައިފަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޭޕްރިލް 2017 | ހޯމަ 10:59
ތުއްޕުޅު
If they are a minority why do you need to defeat them? They are in the minority as per your say? Something wrong in your statement!