Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 21:35
ގާސިމް މިއަދު ޕޮލިހަށް ހާޒިރުވެވަޑައިގަންނަވަނީ
ގާސިމް މިއަދު ޕޮލިހަށް ހާޒިރުވެވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ގާސިމް ޕޮލިހަށް
ޕޮލިހަށް ހާޒިރުކޮށް ގާސިމް އަޑާއި ފޮޓޯ ނަގައިފި
ގާސިމް ހާޒިރުކުރީ ރިޝްވަތު ދިންކަމުގެ ތުހްމަތުގައި
ފޮޓޯ އާއި އަޑު ނެގީ ވީޑިއޯ އެނަލިލިސް އަށް
ރިޝްވަތުގެ ތުހްމަތަށް ގާސިމް އިންކާރު ކުރޭ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ދެ ވަނަ ފަހަރަށް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށްފި އެވެ.

ގާސިމް ފުލުހުންގެ އިދާރާ އަށް ހާޒިރު ކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު 4:00 ހާއިރުއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރަށް ފަހު، ފުލުހުންގެ ހެޑްކުއާޓާޒުން ނުކުމެވަޑައިގެން، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ޕޮލިހަށް ހާޒިރުކުރެއްވީ އޭނާގެ މައްޗަށް ތުހްމަތުކޮށްފައިވާ ރައްޔިތުންގެ މަޖިލީހަށް ރިޝްވަތު ދިންކަމުގެ ތުހްމަތާ ގުޅޭ ވީޑިއޯގެ އެނަލިސިސް ހެދުމަށް ކަމަށެވެ. އެކަމަށްޓަކައި އާދީއްތަ ދުވަހު އޭނާގެ އަޑާއި ފޮޓޯ ފުލުހުން ނެގި ކަމަށް ގާސިމް ވިދާޅުވި އެވެ 

އިދިކޮޅު ފަރާތްތައް އެއް ގަލަކަށް އަރައި އިސްލާހީ މަސައްކަތް ފެށުމާއެކު ގާސިމް އިބްރާހިމް ފުރަތަމަ ޕޮލިހަށް ހާޒިރުކުރީ ބުދަ ދުވަހު އެވެ. އޭނާގެ މައްޗަށް ރިޝްވަތު ދިން ކަމުގެ ތުހްމަތުކޮށްފައި ވަނީ ގާސިމް ވިދާޅުވި ގޮތުގައި، ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިތުރު ދައުރަކަށް ހޮވުމަށް އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ. އެހެން ވިދާޅުވީ ރިޝްވަތުދެއްވުމަށް ނޫންކަމަށާއި، އެއީ އިތުރު ދައުރަކަށް އެ މެމްބަރުން އިންތިހާބުކުރުމަށް ޕާޓީގެ ތެރެއިން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމުގެ ވާހަކަ ކަމަށް ގާސިމް ވިދާޅުވި އެވެ.

އެއީ އަމިއްލަ ޕާޓީގެ މެމްބަރުންނަށް ވިދާޅުވި ވާހަކައެއް ކަމަށްވެސް ޤާސިމް ވިދާޅުވި އެވެ.

އާދީއްތަ ދުވަހު ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ގާސިމް ވިދާޅުވީ، ކިތަންމެ ހުރަހެއް ކުރިމަތި ކުރި ނަމަވެސް، ރައްޔިތުންނާއެކު އޭނާ ހުންނެވި ހުންނެވުން ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. އަދި މި ރާއްޖެއިން އަނިޔާވެރިކަން ނައްތާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
3 އޭޕްރިލް 2017 | ހޯމަ 18:10
ހ މ ޒ
ސަރުކާރުން ބިރުދައްކާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ސަރުކާރުން ވަނީ ވަރަށް ސާފުކޮށް އިންކާރުކުރައްވާފައެވެ.
2 އޭޕްރިލް 2017 | އާދީއްތަ 23:30
galhi fulus
haadha gateh nethey dho .copunge .bondi libeyney kaleymn lhakudhinna .bala gaasim ekanye noon ppmge adbureymnvx ebunany inthikhaabuga vote dheyn dhaairaa ah eves thibuna usoolun rishvathu .ei campaign nukuriyas rayyithun ninmane dho rayyithun beynunva gothe.miulhey copun hama galhy
2 އޭޕްރިލް 2017 | އާދީއްތަ 17:26
ހ މ ޒ
މުޅި މުޖުތަމައަށް ޚިދުމަތްކުރުމަކީ ފުލުހުންގެ ޢަޒުމަކަށް ވާންޖެހޭ!؟