ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 07:22
އަމާޒު ބޯޓު - މި ބޯޓުން ދަތުރު ކުރި 3 މީހަކު ޕޮޒިޓިވްވެ ނަރުދޫގައި ޖުމްލަ 8 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
އަމާޒު ބޯޓު - މި ބޯޓުން ދަތުރު ކުރި 3 މީހަކު ޕޮޒިޓިވްވެ ނަރުދޫގައި ޖުމްލަ 8 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައި
ރާއްޖެ އެމްވީ
ނަރުދޫ ކޮމިއުނިޓީ ސްޕްރެޑް
ނަރުދޫގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހަކު ހިމެނޭ
ބޯޓުގެ ކޭސްއާއި ގުޅިގެން ޖުމްލަ 9 މީހަކު ޕޮޒިޓިވްވެފައިވޭ

ށ. ނަރުދޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި މާބަނޑު މީހެއް ހިމެނޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ނަރުދޫއިން 8 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރޭގައި އަމާޒު ބޯޓު ދުއްވި ކެޕްޓަނާއި، މާބަނޑު މީހަކު ހިމެނޭ ކަމަށެވެ.

ނަމަވެސް މިކަމާގުޅޭ އިތުރު ތަފުޞީލެއް ނުދެއްވައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ ޢާއިލާގެ ބައެއްގެ އިތުރުން ބޯޓުގެ 2 ފަޅުވެރިއަކު ޕޮޒިޓިވްވެފައިވެއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ނަރުދޫ "އަމާޒް ބޯޓު"ގެ ކެޕްޓަން ޕޮޒިޓިވްވުމާ ގުޅިގެން ހެދުނު ކޮންޓެކްޓް ޓްރޭސިންގ ގެ ދަށުން މިހާތަނަށް ގިނަ ބަޔަކު ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އެ ކޭސްއާ ގުޅިގެން މިހާތަނަށް 113 ކޮންޓެކްޓެއް ފާހަގަވެފައިވާއިރު، އޭގެ ތެރެއިން 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. އަދި އޭގެތެރެއިން 8 މީހުންނަކީ ނަރުދޫއަށް ނިޞްބަތްވާ މީހުންނަށްވާއިރު، ނަރުދޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އުޅެދާނެކަމަށް ބެލެވޭކަންވެސް ފާހަގަ ކުރައްވާފައިވެއެވެ.

ނަރުދޫގެ އިތުރުން، ދެން މި ބޯޓުގެ ކްލަސްޓާއާއި ގުޅިގެން ޕޮޒިޓިވްވެފައިވަނީ ށ. މިލަންދޫ މީހެކެވެ. އަމާޒު ބޯޓު ކޭސްއާ ގުޅިގެން މިހާރުވެސް އިތުރު ގިނަ ރަށްތަކެއް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވާއިރު، އޭގެ ތެރޭގައި ށ އަތޮޅުގެ ރަށްތަކާއި، ނ އަތޮޅުގެ އިތުރުން ހއ އާއި ބ އަތޮޅުގެ ރަށްތަކެއްވެސް ހިމެނެއެވެ.

- ކޮމެންޓް