ކ. މާލެ
|
29 އޭޕްރިލް 2020 | ބުދަ 07:33
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް
އެމްޑަބްލިޔުއެސްސީގެ މޯބައިލް އެޕް
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިޔުއެސްސީ
ފެން ބިލުގެ ފޮޓޯ ފޮނުވި ފަރާތްތަކަށް ބިލުތައް ފޮނުވާނެ، ފޮޓޯ ނުފޮނުވާ ފަރާތްތަކަށް އެކިޔުރޭޓް ބިލެއް ފޮނުވާނެ
އޭޕްރީލް އަދި މެއި މަހުގެ ފެން ބިލަށް 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ

އޭޕްރީލް މަހުގެ ބިލު ހެދުމަށްޓަކައި ގްރޭޓަރ މާލެ ޞަރަޙައްދުގެ ކަސްޓަމަރުން މީޓަރުގެ ފޮޓޯ ފޮނުވައިދިނުމަށް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ން އެދުނު އެދުމަށް ފޮޓޯ ފޮނުވި ފަރާތްތަކަށް ބިލު ހަދާފައި ފޮނުވާނެކަމަށާއި، ނަމަވެސް ފޮޓޯ ނުފޮނުވާ ފަރާތްތަކަށް އެކިޔުރޭޓް ބިލެއް ހަދާފައި ފޮނުވާނެ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ކޮވިޑް-19 ގެ ޚާއްޞަ ކަވަރޭޖަށް" ދެއްވި އިންޓަރވިއުގައި ޝާހު ވިދާޅުވީ އޭޕްރީލް މަހުގެ ހުރިހާ ބިލަކަށްވެސް ކުރިން އިޢުލާންކޮށްފައިވާ އުޞޫލުގެ ދަށުން 30 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެކަމަށެވެ. އެގޮތުން ފޮޓޯ ފޮނުވި 1355 މީހުންގެ ބިލަށް 30 އިންސައްތަ ޑިސްކައުންޓް ދިނުމަށްފަހު އަލުން އެމީހުންނަށް ބިލުތައް ފޮނުވާނެކަމަށް ޝާހު ވިދާޅުވިއެވެ. އަދި ފޮޓޯ ނުފޮނުވާ ފަރާތްތަކުގެ ބިލުތަކަށްވެސް 30 އިންސައްތަ ޑިސްކައުންޓް ދިނުމަށްފަހު ފޮނުވާނެކަމަށް ޝާހު ވިދާޅުވިއެވެ.

ކަސްޓަމަރ ގެ ހިސްޓްރީ ބަލާފައި އެކިޔުރޭޓް ބިލް ހަދާނީ. އަޅުގަނޑުމެންނަށް އެނގޭނެ ކަސްޓަމަރުންގެ ބިލްތަކަށް އަރާފައި ހުރި މިންވަރު. އެގޮތުން ފާއިތުވި ތިން މަސްދުވަހުގެ އެވްރަޖަށް ބަލާފައި އެކިޔުރޭޓް ބިލް ހަދާނީ. އަދި ޑިސްކައުންޓް ލިބޭނެ އޭޕްރީލް އަދި މެއި މަހަށް. ގޭބިސީތަކަށް ލިބޭނެ. ބިލުންވެސް ފެންނާނެ އެޑިސްކައުންޓް ބައި .
މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު

ޝާހު ވިދާޅުވީ ރީޑިންގ ނެގުމަށްޓަކައި މީޓަރުގެ ފޮޓޯ މިހާތަނަށް ނުފޮނުވާ ތިބި ފަރާތްތައް 105ށް ގުޅައިގެން އެކަން ކުރިޔަށް ގެންދިޔުމަށް އެދޭކަމަށެވެ. އަދި ލޮކްޑައުންގައި ތިބި ނަމަވެސް އެކުންފުނިން ދެމުންގެންދާ ޚިދުމަތްތަކަށް ބުރުލެއް ނާރާ ޚިދުމަތްތައް ލިބެމުންދާނެ ކަމަށް ޝާހު ވިދާޅުވިއެވެ.

- ކޮމެންޓް