ކ. މާލެ
|
28 އޭޕްރިލް 2020 | އަންގާރަ 22:19
ނ އަތޮޅު ވެލިދޫ
ނ އަތޮޅު ވެލިދޫ
ފޭސްބުކް
ރަށްރަށުގެ މޮނިޓަރިންގ ހާލަތު
ނ ވެލިދޫ، ކ. މާފުށި، ބ. ފުޅަދޫގެ މޮނިޓަރިންގ އުވާލައިފި
އަންގާރަ ދުވަހު ވަނީ ކ މާފުށީގައި އިއުލާނުކޮށްފައިވާ މޮނިޓަރިން އުވާލާފައި
ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވޭ
ވެލިދޫގެ މޮނިޓަރިންގ ގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތަށް ނެތް

ކޮވިޑް-19 އާ ގުޅިގެން 3 ރަށެއްގެ މޮނިޓަރިންގގެ ޙާލަތު އުވާލުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކ މާފުއްޓާއި، ބ ފުޅަދޫ، ނ. ވެލިދޫގެ މޮނިޓަރިންގގެ ހާލަތު އިއުލާންކޮށްފައިވާކަމަށެވެ.

އަންގާރަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ މިހިނގާ އޭޕްރީލް މަހު ނ ވެލިދޫގައި އިއުލާނުކޮށްފައިވާ މޮނިޓަރިންގ ގެ ޙާލަތު އަންގާރަ ދުވަހުގެ ހަވީރު 17:04 ން ފެށިގެން އުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ބެލުމަށް ކަނޑައެޅިފައިވާ ކަންކަން ބަލައި ނިމިފައިވާކަން ފާހަގަކޮށް ލިއުމުގައި ބުނެފައިވަނީ، މޮނިޓަރިންގ ގެ ޙާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތަށް ނެތް ކަމަށެވެ.

މިހާރުވެސް މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ ގިނަ ބައެއް ރަށްރަށް އަދިވެސް މޮނިޓަރިންގެ ޙާލަތަށް ގެނެވިފައިވެއެވެ.

- ކޮމެންޓް