ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 23:35
އަމާޒު ބޯޓް
އަމާޒު ބޯޓް
ރާއްޖެ އެމްވީ
މޮނިޓަރިންގެ ހާލަތަށް ގެނެވުނު އުޅަނދުތައް
ތިން ބޯޓެއްގެ އިތުރުން މަސް ދޯންޏެއް މޮނިޓަރިންގެ ހާލަތަށް
އަމާޒު ބޯޓުގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި
އެ ބޯޓުން 98 މީހަކު ދަތުރުކުރި
ދަތުރުކުރި އެންމެން އެޗްޕީއޭ އަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައި

މާލެއާ ރަށްރަށާއި ދެމެދު ދަތުރުކުރާ ތިން ބޯޓެއްގެ އިތުރުން މަސްވެރިކަންކުރާ ދޯންޏެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފިއެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ބޯޓް ތަކަކީ އަމާޒު ބޯޓް، ކާވިޔާ ބޯޓްގެ އިތުރުން ނޫ ފަރު އެކްސްޕްރެސް ނަމަކަށް ކިޔާ ބޯޓެކެވެ. އަދި މަސްވެރިންކަން ކުރާ ދޯންޏެއް ކަމަށްވާ ދުރު ރާސްތާ 8 ވެސް އޮތީ މިހާރު މޮނިޓަރިންގެ ހާލަތުގައެވެ.

މި ބޯޓުތަކުގެ ތެރެއިން އަމާޒު ބޯޓުގެ ކެޕްޓަން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެމީހާއަކީ ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި 133 ވަނަ މީހާއެެވެ. އެ ކޭސްއާ ގުޅިގެން އިތުރު ކްލަސްޓަރ ފެނިދާނެކަމުގެ ބިރު އޮތުުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ދަނީ ކުރަމުންނެވެ.

''އަމާޒު'' ބޯޓް މާލެއިން ފުރާފައިވަނީ މާލެއިން ފުރަތަމަ ކޭސް ފެނުނު ދުވަސް ކަަމަށްވާ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ދޭއް ޖެހިއިރު 98 މީހުންނާ އެކުއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކޮވިޑް-19 އަލާމާތްތައް ފެނިގެން މި މަހުގެ 18 ވަނަ ދުވަހު އަމާޒު ބޯޓުގެ ކެޕްޓަން ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ދައްކާފައެވެ. ހޮސްޕިޓަލަށް ދެއްކުމުން އެ މީހާގެ ސާޕްމަލް 23 ނަގައި އޭނާގެ ޓެސްޓްތައް ހަދަން މާލެ ފޮނުވާފައި އެ ޓެސްޓުގެ ނަތިއްޖާ ލިބިފައިވަނީ ހޮނިހިރު ދުވަހުއެވެ.

އަމާޒު ބޯޓު ދަތުރުކޮށްފައިވާ ރަށްތައް:

  • ނ. މާފަރު
  • ނ. ހެނބަދޫ
  • ނ. މިލަދޫ
  • ނ. ކެނދިކޮޅުދޫ
  • ނ. ވެލިދޫ
  • ނ. ހޮޅުނދޫ
  • ށ. ނަރުދޫ
  • ށ. ފުނަދޫ
  • ށ. މިލަންދޫ
  • ށ. ފީވަށް
  • ށ. މާއުނގޫދޫ
  • ހއ ދިއްދޫ
  • ހއ އުތީމް

އެ ބޯޓުން ދަތުރުކުރި ހުރިހާ ފަރާތްތަކެއްވެސް އެޗްޕީއޭ އަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ.

- ކޮމެންޓް