ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 23:07
އޭސީޕީ އިސްމާއިލް ނަވީން
އޭސީޕީ އިސްމާއިލް ނަވީން
ރައީސް އޮފީސް
މާލެ ލޮކްޑައުން
މަގުމައްޗަށް ނިކުމެ އުޅުނު 122 މީހަކު ޖޫރިމަނާކޮށްފި
ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި
23،188 ފާހެއް ވަނީ ދޫކޮށްފައި
އެއް ގަޑިއެއްގައި އުޅޭނީ 65 މީހުން

މާލެ ލޮކްޑައުން ކޮށްފައިވާއިރު، މާލޭގެ މަގުމަށްޗަށް ނިކުމުގެ އުޅުނު 122 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، އާދިއްތަ ދުވަހު އެކަނިވެސް ލޮޮކްޑައުންއާ ޚިލާފުވެގެން 122 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި ލޮކްޑައުންގެ އަމުރުތަކަށް ކިޔަމަން ނުވެގެން ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ލޮކްޑައުން ކޮށްފައިވާއިރު މަގުމަށްޗަށް ނިކުންނަ ފަރާތްތަކާއި މެދު ނަޞޭޙަތް ނުދީ 1000 ރުފިޔާއިން ޖޫރިމަނާ ކުރެވެމުންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ލޮކްޑައުން ކޮށްފައިވާއިރު، ޒަރޫރީ ބޭނުންތަކުގައި ގެއިން ބޭރަށް ނިކުންނަ ފަރާތްތަކަށް ފުލުހުން އަންނަނީ ފާސްތަކެއް ދޫކުރަމުންނެވެ. ވިޔަފާރި ކުރުމަށާއި، އެހެނިހެން ބޭނުންތަކުގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ދެނީ ކޮންމެ ގެއަކުން އެކަކަށް އެއް ގަޑިއިރުއެވެ. 26 ޞަރަޙައްދަކަށް ބަހާލައިގެން މީހުން ނިކުތުމަށް ފުރުޞަތު ދޭއިރު އެއް ގަޑިއެއްގައި އުޅޭވޭނީ 65 މީހަކަށް ކަމަށް ފުލުހުން ބުންޏެވެ. ނަވީން ވިދާޅުވީ، މިހާރު ދޫކުރަމުންދާ ފާސްތައް ދެ ދުވަސްވަންދެން ބޭނުން ކުރެވޭނެ ކަމަށެވެ.

އޭސީޕީ ވިދާޅުވީ، އާދިއްތަ ދުވަހާ ހަމަޔަށް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް 23،188 ފާހެއް ދޫކުރެވިފައިވާ ކަމަށާއި، ފުލުހުންގެ ކޯލް ސެންޓަރުން 12 ހާހަށްވުރެ ގިނަ ކޯލްތަކަށް ޖަވާބު ދީފައިވާ ކަމަށެވެ.

- ކޮމެންޓް