ކ. މާލެ
|
26 އޭޕްރިލް 2020 | އާދީއްތަ 21:53
ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް
ޓާސްކްފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒް
ރައީސް އޮފީސް
ކޮވިޑް-19 އާއި ގުޅިގެން ހަރަދުކޮށްފައިވާ މިންވަރު
ކޮވިޑް-19 އާއި ގުޅިގެން ދައުލަތުން 560 މިލިއަން ރުފިޔާ ހަރަދުކޮށްފިން: ސަރުކާރު
ޓޫރިޒަމް ޓްރަސްޓް ފަންޑުން 11 މިލިއަން ހަރަދުކޮށްފައިވާނެ
ކާޑުގެ ބާވަތްތައް ގެނައުމަށް 84 މިލިއަން ހަރަދުކޮށްފައިވާނެ
ކަރަންޓީން ފެސިލިޓީތަކަށްވެސް ދައުލަތުން ހަަރަދުކުރޭ

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެ މަސައްކަތްތަކަށް 560 މިލިއަން ރުފިޔާ ހަރަދު ވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަރަދުތަކުގެ ތަފްސިލް ހާމަކުރައްވަމުން، ތަރުޖަމާން މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ކޮވިޑް-19 އަށް ރާއްޖެ ތައްޔާރުވުމުގެގޮތުން، މިހާތަނަށް ކުރެވިފައިވާ ހުރިހާ މަސައްކަތެއް އެކުލެވޭ ގޮތަށް ކުރެވުނު ހުރިހަ ކަމަކަށް ހޭދަވެފައިވާ ޖުމްލަ ފައިސާގެ އަދަދަކީ 560 މިލިއަން ރުފިޔާކަމަށެވެ. އޭގެތެރެއިން 84 މިލިއަން ރުފިޔާއަކީ ޑިޒާސްޓަރ ޓްރަސްޓް ފަންޑުން ނެގިފައިވާ ފައިސާކަމަށާއި، އެ ފައިސާ ބޭނުންކޮށްފައިވަނީ 10 މަސް ދުވަހަށް ކާޑު ޔަގީންކުރުމަށްކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ކުރުމަށް އެސްޓީއޯއިން ވަނީ އެ ފައިސާ ބޭނުންކޮށްފައިކަމަށާއި، އެ ފައިސާއަކީ އެސްޓީއޯއިން ކާޑު ވިއްކުމަށްފަހު އަނބުރާ މި ފަންޑަށް ޖަމާކުރާނެ ފައިސާކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭގެއިިތުރުން 11 މިލިއަން ރުފިޔާއަކީ ޓުއަރިޒަމް ޓްރަސްޓް ފަންޑުން ހޭދަކޮށްފައިވާ ފައިސާކަމަށާއި، އެެންޑީއެމްއޭ އަދި ހެލްތް މިނިސްޓްރީގެ ފަރާތުން 386 މިލިއަން ހަރަދުކޮށްފައިވާކަމަށް މަބްރުކް ވިދާޅުވި އެވެ.

އެންޑީއެމްއޭ އާއި ހެލްތް މިނިސްޓްރީން ހޭދަކޮށްފައިވާ ފައިސާ ހޭދަކޮށްފައިވަނީ މެޑިކަލް އިކުޕްމެންޓާއި ޕީޕީއީ އާއި ޓެސްޓުކުރަން ބޭނުންވާ އިކިއުޕްމެންޓާއި ބޭސްފަރުވާއަށް ބޭނުންވާ ކޮންސިއުމަބަލްސް ހޯދުމަށް. އެންއީއޯސީގެ އޮޕަރޭޝަންސްގެ ހަރަދުތަކަށް އަދި އާރްއާރް ޓީމްތަކަށް ބޭނުންވާ ހަރަދުތައް އަދި އެންއީއޯސީގެ އޮޕަރޭޝަންއަށް ބޭނުންވާ ހުރިހާ ހަރަދުތަކެއް ކުރުމަށް ޖުމްލަ 386 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ.

ހުޅުމާލޭގައި މެޑިކަލް ފެސިލިޓީއެއް ހެދުމަށްޓަކައި 36 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ މީގެތެރޭގައި ހިމެނޭ 16.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވަނީ ސިވިލް ވޯރކްސް، މަރާމާތުގެ މަސައްކަތަށާއި ރޭނުމުގެ މަސައްކަތަކަށް ކަމަށެވެ. އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓްސް ހޯދުމަށް 19.5 މިލިއަން ރުފިޔާވަރު ހޭރަދުވެފައި އެބަހުރިކަމަށް މަބްރޫކް ވިދާޅުވި އެވެ.

- ކޮމެންޓް