Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 13:49
ސްކޫލްތަކަށް ދަރިވަރުން ހާޒިރުވަނީ
ސްކޫލްތަކަށް ދަރިވަރުން ހާޒިރުވަނީ
މުހައްމަދު ޝަރުހާން
އެޗްވަންއެންވަން
ތިން ހަފްތާއަށް ފަހު ސްކޫލްތައް ހުޅުވައިފި
ސްކޫލްތައް ބަންދުކޮށްފައި ވަނީ މާރޗް މަހުގެ 14 ވަނަ ދުވަހު
އެޗްވަންއެންވަން ޖެހިގެން ހަ މީހުން މަރުވި

ރާއްޖޭގައި ފެތުރެމުންދިޔަ އެޗްވަންއެންވަން ރޯގާއާ ގުޅިންގެ ސްކޫލްތައް ތިން ހަފްތާއަށް ބަންދުކުރުމަށްފަހު މިއަދު އަލުން ހުޅުވައިފި އެވެ.

ސްކޫލްތައް ބަންދުކޮށްފައި ވަނީ މާރޗު މަހުގެ 14 ވަނަ ދުވަހުން ފެށިގެންނެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސް ސްކޫލްތައް އަލުން ފެށުމަށް ސަރުކާރުން ނިންމި އެވެ. ނަމަވެސް ސަރުކާރުގެ އެ ނިންމުމާ ދެކޮޅަށް ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމި އެވެ. ރޯގާއިން ދިފާއުވުމުގެ ވެކްސިން ދަރިންގެ ގަޔަށް ނުޖަހައި ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމުމުން ސަރުކާރަށް މަޖުބޫރުވީ ނިމިގެން ދިޔަ ހަފުތާގައި ވެސް ސްކޫލްތައް ބަންދުކުރުމަށެވެ. 

ސްކޫލްތައް އަލުން ހުޅުވިއިރު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖޭގައި ފެތުރެމުންދާ ރޯގާގެ ހާލަތު ލެވެލް ތިނަކުން އާއްމު ހާލަތަށް ގޮސްފައިވާކަން މިދިއަ ހަފްތާގައި އިއުލާނު ކޮށްފަ އެވެ.

މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން އިންފްލުއެންޒާ އެޗްވަންއެންވަން ޖެހިގެން 6 މީހުން ވަނީ މަރުވެފަ އެވެ.

އެޗްވަންއެންވަން ރޯގާއާ ގުޅިގެން ސްކޫލްތަކުގެ އިތުރު ހަރަކާތްތަކާއި ކުޅިވަރު ހަރަކާތްތައް ވެސް އޮތީ މެދުކަނޑާލާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް