Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 09:22
ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މައުމޫނު - އާންމު ގަބޫލުކުރާގޮތުގައި ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ލީޑަރު
ރައީސް އަބްދުﷲ ޔާމީނާއި، ރައީސް މައުމޫނު - އާންމު ގަބޫލުކުރާގޮތުގައި ރައީސް މައުމޫނަކީ އަދިވެސް ޕީޕީއެމްގެ ލީޑަރު
ގޫގުލް
ޕީޕީއެމްގެ ކޯޅުން
ރާއްޖެޓީވީ ޕޯލް:ރައީސް މައުމޫނަކީ ޕީޕީއެމްގެ ހަޤީޤީ ލީޑަރު!
ވޯޓުދިން މީހުންގެ 92 އިންސައްތަ ޤަބޫލުކުރަގޮތުގައި ޕީޕީއެމްގެ ވެރިޔަކީ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް
ވޯޓުދިން މީހުންގެ 8 އިންސައްތަ ޤަބޫލުކުރާގޮތުގައި ޕީޕީއެމްގެ ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން
ޕީޕީއެމްގެ މެމްބަރުކަމުންނާއި، ޕާޓިގެ ރައީސްކަމުން، ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ވަނީ ވަކިކޮށްފަ

ޕީޕީއެމްގެ ހަޤީޤީ ވެރިޔަކީ، އެ ޕާޓިގެ ރައީސް މައުމޫނު އަބްދުއްޤައްޔޫމް ކަމަށް ރާއްޖެޓީވީން ނެގި ޕޯލްގެ ނަތީޖާއިން ހާމަވެއްޖެ އެވެ.

 

ޕީޕީއެމްގެ މެމްބަރުކަމުންނާއި، ޕާޓިގެ ރައީސްކަމުން، ރައީސް މައުމޫނު އަބްދުއްޤައްޔޫމް ވަކިކުރެވިފައިވާއިރު، ރާއްޖެޓީވީން ޓުވިޓާރަގައިވަނީ، ރައްޔިތުން ޤަބޫލުކުރާ ގޮތުން ޕީޕީއެމްގެ ހަޤީޤީ ވެރިޔަކީ ކޮބައިތޯ ސުވާލުކޮށް ޕޯލެއް ހުޅުވާލައިފަ އެވެ.

 

ރާއްޖެޓީވީ ޕޯލަށް ގިނަ ބަޔަކު ވޯޓުދީފައިވާއިރު، ވޯޓުދިން މީހުންގެ 92 އިންސައްތަ ޤަބޫލުކުރަގޮތުގައި ޕީޕީއެމްގެ ވެރިޔަކީ ރައީސް މައުމޫނު އަބްދުއް ޤައްޔޫމް އެވެ. އަދި 8 އިންސައްތަ ޤަބޫލުކުރާގޮތުގައި ޕީޕީއެމްގެ ވެރިޔަކީ ރައީސް އަބްދުﷲ ޔާމީން އެވެ.

 

 

އާންމުން، ޕީޕީއެމްގެ ލީޑަރުގެ ގޮތުގައި ރައީސް މައުމޫނު ގަބޫލުކުރާއިރު، ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުން ރައީސް މައުމޫނު ވަކިކުރުމަށް ނިންމާފައިވަނީ މުސްތަޝާރު ފެކްޝަންގެ ސުލޫކީ ކޮމެޓީންނެވެ. އަދި ޕީޕީއެމްގެ މެމްބަރުކަމުން ވަކިކޮށް، ޕީޕީއެމްގެ ރައީސްގެ މަޤާމުވެސް ވަނީ ގެއްލުވާލައިފަ އެވެ. އެއަށްފަހު، ރައީސް މައުމޫނު ހިންގަމުންގެންދިޔަ އޮފީސްގެ ތަޅު ހަލާކުކޮށް، އޮފީހުގެ ދިދަ ވަނީ ފުލުހުން ގެންގޮސްފަ އެވެ. އަދި އޮފީހުގެ ނަން ބޯޑުވެސް ވަނީ ފުލުހުން ގެންގޮސްފައެވެ.

 

ވޯޓުގެ ނަތީޖާ ހާމަވުމުން ރައީސް މައުމޫނު ވަނީ ރާއްޖެޓީވީ ޓްވިޓަރ ޕޮލް އަށް ޓެގް ކުރައްވާ ޝުކުރު އަދާ ކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް