Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 08:32
އިމްތިޔާޒް ފަހުމީ - ހައްޤުތައް ހޯދުމަށް ވަކާލާތުކުރާނެކަމަށް އޭނާ ވިދާޅުވި
އިމްތިޔާޒް ފަހުމީ - ހައްޤުތައް ހޯދުމަށް ވަކާލާތުކުރާނެކަމަށް އޭނާ ވިދާޅުވި
މުހައްމަދު ޝަރުހާން
ހައްޤުތައް ހިމާޔަތްކުރުން
މާރާލިނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރާނަން: އިމްތިޔާޒް
ކްރިމިނަލް ކޯޓުން ނެރިފައިވާ ނޫސްބަޔާނެއް ސިފަކުރެވުނީ، ޕީޕީއެމްގެ މުސްތަޝާރުގެ ދަރުބާރު ފެކްޝަނުން ނެރުމަށް ތައްޔާރުކުރި ބަޔާނެއްގެ ގޮތުގައި
މިދާ ބާރު މިނުގައިގޮސް އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ބާތިލްކޮށްލާނަން
ކޯޓުތަކަށް ބެލޭނީ ކޯޓުތަކަށް ހުށައަޅާ މައްސަލަތައް އެކަނި، އެ ނޫންކަންކަމާއި ނުބެހެވޭނެ

ޝަރުއީ ކޯޓުތަކަށް، އެއްވެސް ފަރާތަކަށް އިންޒާރެއް ނުދެވޭނެކަމަށާއި، އެކޮޅުކޮޅުން އެލުވާ މާރާލި ނަމަވެސް ހައްގުތައް ހޯދަން ވަކާލާތުކުރައްވާނެ ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބް ލީޑަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކޯޓުންތަކުން އެއްވެސް ފަރާތަކަށް އިންޒާރު ނުދެވޭނެކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނެރިފައިވާ ނޫސްބަޔާނެއް ސިފަކުރެވުނީ، ޕީޕީއެމްގެ މުސްތަޝާރުގެ ދަރުބާރު ފެކްޝަނުން ނެރުމަށް ތައްޔާރުކުރި ބަޔާނެއްގެ ގޮތުގައި ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.

 

އިމްތިޔާޒް އިޝާރަތްކުރައްވާފައިވަނީ، ބައެއް ނޫސްވެރިން ލިޔާ ލިޔުންތަކުން ޓެރަރިޒަމަށް ހިތްވަރު ލިބޭ ކަމަށާއި، އެފަދަ ލިޔުންތައް ލިޔާ ނޫސްވެރިންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އާންމުކުރި ބަޔާނަށެވެ. އެ ބަޔާނަށް އިޝާރަތްކޮށް އިމްތިޔާޒް ފަހުމީ ވިދާޅުވީ، ކޯޓުތަކުގެ ބޭރުގައި ހިނގާ ކަންކަމާއި ކޯޓުތަކަށް ބެހެވިދާނެކަމަށް ގަބޫލުނުކުރައްވާކަމަށާއި، ކޯޓުތަކުން ނިޔާ ކަނޑައަޅަންޖެހޭނީ ކޯޓުތަކަށް ހުށައެޅެ، ކޯޓުތަކުގެ އިހުތިސާސްގައި ހިމެނޭ މައްސަލަތަކުގައި އެކަނި ކަމަށެވެ.

 

"އިންސާނީ ބުއްދި ހިނގާ ކޮންމެ މީހަކު ގަބޫލުކުރާނެ ހަޤީޤަތަކި، ކޯޓުތަކުގެ އެތެރެޔަށް ނުވަންނަ ޖުވާބުތަކާއި ބަހުސްތަކާއި، ކޮންޓްރެކްޓުތަކާއި މިކަހަލ ކަންތައްތަކުގެ ތެރެޔަށް ކޯޓުތަކުން އަމިއްލައަށް ވަދުމުގެ އެއްވެސް ހައްޤެއް ލިބިގެނެއް ނުވޭ. މާތްކަލާކޯ، އެއްވެސް ހައްޤެއް ލިބިގެނެއް ނުވޭ ކޯޓުތަކުން އަމިއްލައަށް ވަދުމުގެ. ކޯޓުތަކުގެ ހަތަރު ފާރުގެ ތެރެއަސް މައްސަލަ ވަންނަންޖެހޭނެ. ކޯޓުތަކަށް ނުނެރެވެނެ ނޫސްބަޔާންތަކެއް ރައްޔިތުންނަށް އިންޒާރުދީ." އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.

 

އެ މައުޟޫގައި އިތުރަށް ވާހަކަފުޅުދައްކަވަމުން އިމްތިޔާޒް ފަހުމީ ވިދާޅުވީ، "އަޅުގަނޑުމެން އެކޮޅުކޮޅުން އެލުވިޔަސް، މަރާލިޔަސް، އުމުރު ދުވަހަށް ޖަލަށްލިޔަސް އަޅުގަނޑުމެން މި ހައްޤުތަކުގެ ވާހަކަދައްކާނަން. އިންސާނުންގެ ކަރާމާތާއި އަދުލުގެ ވާހަކަ ދައްކާނަން." އެވެ.

 

އިމްތިޔާޒް ފަހުމީ ވިދާޅުވީ، ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ނަމަވެސް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް އަބުރު ރައްކާތެރިކުރުމުގެ ޤާނުނުގެ ނަމުގައި ޤާނޫނެއް ވުޖޫދަށް ގެނެސްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ޤާނޫނަކުން މިހާރު ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވީނަމަވެސް ވަރަށް އަވަހަށް އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ބަތިލް އެއްޗަކަށް ހައްދަވާނެކަމަށެވެ. އަދި އެކަން ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންކަމަށް އިމްތިޔަޒް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް