Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 03:43
ޢަބްދުﷲ ކަމާލުއްދީން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޢަބްދުﷲ ކަމާލުއްދީން ހޮނިހިރު ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ކުނޫޒް ޖަލްސާ
ރައްޔިތުންނަށް މިހާރު އޮތީ ދެޗޮއިސް: ޢަބަދުﷲ ކަމާލުއްދީން
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހަގީގީ ވާޖިބު އަދާކުރައްވަން ޖެހޭ
ވެރިންނަށާއި ވެރިންގެ އާއިލާއަށް ބޭނުން ގޮތަކަށް ކަންކުރަން އޮތް ޒަމާން ހިނގައްޖެ
ގާނޫނު އަސާސީން ބާރުތައް ލިބިދެނީ ރައްޔިތުންނަށް

ޤައުމުގެ ހާލަތު އޮތްގޮތުން ރައްޔިތުންނަށް އޮތީ ދެޗޮއިސް ކަމަށާއި ކޮންމެ މީހަކުވެސް އެއިން އެއްގޮތެއް ޚިޔާރުކުރަން ޖެހިފައިވާ ކަމަށް ރައީސް މައުމޫންގެ ވެރިކަމުގައި ހޯމް މިނިސްޓަރ ކަން ކުރެއްވި ޢަބްދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ ކަމުގެ އިތުރުން އެހެން ބައެއް ވުޒާރާތައްވެސް ހިންގެވި ޢަބްދުﷲ ކަމާލުއްދީން މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވމުންނެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ ގޮތުގައިވެސް ހުންނެވި އަބްދުﷲ ކަމާލުއްދީން ވިދާޅުީ ރައްޔިތުންނަށް އޮތީ ދެޗޮއިސް ކަމަށާއި އެއިން އެއް ގޮތަކީ ޤައުމުގައި ހިނގާ ކަންތައްތަކާމެދު އެއްވެސް ވަރަކަށް އަޅާ ނުލާ ތިބުން ކަމަށެވެ. އަނެއް ގޮތަކީ ޤައުމުގެ ކަންކަމާމެދު ހެޔޮހިތުން ވިސްނާ ފިކުރުކޮށް އިސްލާހީ ކަންކަމުގައި ބައިވެރިވެ ކޮށްދެވެން އޮތް ކަމެއް ކޮށްދިނުން ކަމަށް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މިދެގޮތުންކުރެ ކޮންމެވެސް އެއްގޮތެއް ރައްޔިތުންނަށް މިއަދު ޚިޔާރުކުރަން ޖެހިފައިވާކަމަށްވެސް އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ.

އަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރާއްޖޭގައި ކުރިން އޮތީ ވެރިކަމުގައި ތިއްބަވާ ރަސްކަލުން ބޭނުންވިހާ ގޮތަކަށް ކަންކުރުމުގެ އިޚްތިޔާރު ވެރިންނަށާއި ވެރިންގެ އާއިލާއަށް ލިބިދެވޭ ގޮތަށް ކަމަށެވެ. ނަމަވެސް އެގޮތް ބަދަލުވެ އާ ޤާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ އަތްމައްޗަށް އެބާރު މިހާރު ވަނީ ލިބިދީފައި ކަމަށެވެ. އެބާރަކީ ޤާނޫނު އަސާސީގައި ވާގޮތުން ތިންބާރު ވަކިވެފއަި އޮތް އޮތުން ކަމަށާއި އެބާރު ރައްޔިތުންނަށް ދިނުމުގެ އެންމެބޮޑު ޒިއްމާއެއް އެޅިފައިވާ ފަރާތަކީ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ކަމަށެވެ.

އެމެންބަރުންނަކީ ވަރަށްބޮޑު ޒިންމާއެެއް  އެބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ ބައެއް ކަމަށާއި އެމެންބަރުންގެ ޙަޤީގީ އަޚްލާޤީ ވާޖިބު އަދާކުރައްވަން ފެއްޓެވުމުން މިހުރިހާ ކަމެއް ހަމައަކަށް އެޅިގެންދާނެ ކަމަށްވެސް އަބްދު ﷲ ކަމާލުއްދީން ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ދުނިޔޭގެ ތާރީޚް ޚާއްޞަކޮށް އެމެރިކާގައި ކަން ހިނގަމުންދާގޮތައް ބައްލަވާލައްވަމުން ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ އެޤައުމުގައިވެސް ސަރުކާރުން ކުރާ ކަންކަންވެސް އަދި މަހުޖަނުން ކުރާ ކަންކަންވެސް ހަމަމަގުގައި ހިފަހައްޓާ ބަޔަކީ މަޖިލީހާއި އެޤައުމުގެ ޤާނޫން އަސާސީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް