Advertisement
ކ. މާލެ
|
2 އޭޕްރިލް 2017 | އާދީއްތަ 01:05
ރައުދާ އާތިފް
ރައުދާ އާތިފް
އިންސްޓަގްރާމް
ރައުދާ އާތިފް
ރައުދާގެ ހަށިގަނޑު ވަޅުލައިފި
ހަށިގަނޑު ވަޅުލާފައިވަނީ، ބަންގްލަދޭޝްގައި
ރައުދާ އަކީ އުމުރުން 20 އަހަރުގެ ކުއްޖެއް

މަޝްހޫރު މޮޑެލް އުމުރުން 20 އަހަރުގެ މޮޑެލް ރައުދާ އާތިފް ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނިފައިވަނީ ބުދަދުވަހުގެ މެންދުރުކުރީގެ ވަގުތެއްގައި އޭނާ ދިރިއުޅުނު ކޮޓަރީގައެވެ.

ރައުދާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމަށް ފަހު ހޮނިހިރު ދުވަހު ވަޅުލާފައިވާ އިރު އޭނާގެ އޮޓޯޕްސީ ރިޕޯޓް އާއްމުކޮށްފަ އެއް ނުވެ އެވެ.

ބަނގްލަދޭޝްގެ މެޓްރޮޕޮލިޓޭން ޕޮލިސް ތަރުޖަމާން އިފްތިޚާރު އާލަމްއާއި ހަވާލާދީ، ޑާކާ ޓްރިބިއުންގައި ބުނެފައިވަނީ، އޭނާ ދަންޖެހިގެން މަރުވެފައިވަނީ، ޑިޕްރެސްވެގެންކަމަށް ބެލެވޭކަމަށެވެ.

އޭނާގެ މަރާ ގުލޭ ގޮތުން ތަފާތު އެތައް ވާހަކަތަކެއް ދައްކާފައިވާ އިރު ރައުދާ ދަންޖެހިފައި ހުއްޓާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭނާގެ ބައެއް ރަށްޓެހިން ގޮސް ކޮޓަރި ބެލުމުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ބުރާސްފަތި ދުވަހު ބުނެފައިވަނީ، ރައުދާ އާތިފްގެ މަރުގެ މައްސަލަ ވަރަށް ގާތުން ބަލަމުންދާކަމަށާއި، ރައުދާގެ އާއިލާއާއި އެކު ފުލުހުންގެ އިސް އޮފިޝަލަކުވެސް ބުރާސްފަތި ދުވަހު ޑާކާއަށް ފުރާފައިވާކަމަށެވެ.

ވިލުނޫކުލައިގެ ލޮލުގެ ވެރިޔާގެ ގޮތުން ރައުދާ އެންމެ ބޮޑަށް މަޝްހޫރުވެފައިވާ އިރު އޭނާ ވަނީ މަޝްހޫރު ނޫސް މަޖައްލާއެއް ކަމަށްވާ ވޯގް އިންޑިޔާ ގައިވެސް ފެނިގެން ގޮސްފަ އެވެ. އެއީ މިފަދަ ގޮތަކަށް ރާއްޖޭގެ މޮޑެލެއް އިންޓަރނޭޝަނަލް މެގަސިން އަކުން ފެނިގެން ދިއަ ފުރަތަމަ ފަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް