ރަމަޟާން މަހު މާލެއާއި ހުޅުމާލެ އާ ދެމެދުކުރާ ބަސްދަތުރުތައް އިތުރުކޮށް، ގަޑުތަކަށް ބަދަލުގެނެސްފި އެވެ.
ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެމުންދާތީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު، އާންމު ދަތުރުދަތުގެ ނިޒާމް އެއްކޮށް ހުއްޓާލުމަށްފަހު، ފަހުން ވަނީ ޙާއްސަ ހުއްދަ ދީފައިވާ ފަރާތްތަކަށް އަމާޒްކުރެވިގެން، ހުޅުމާލެ އާއި މާލެެއާއި ދެމެދު ދުވާލަކު 4 ދަތުރެއް ކުރަމުންގޮސްފަ އެވެ. ނަމަވެސް ރަމަޟާންމަހާ ދިމާކޮށް މިހާރު ކޮޅަކަށް 7 ދަތުރު ބާއްވާނެކަމަށް އެ ޚިދުމަތްދޭ ގްރޭޓަރ މާލޭ ޓްރާންސްޕޯޓް ލިންކުން ވަނީ ބުނެފައެވެ.
އެގޮތުން ހުޅުމާލެއިން ހެންދުނު 7:30 އިން ފެށިގެން ރޭގަނޑު 10:00 އާހަމައަށް ވަކި ގަނޑިތަކެއްގައި ބަސް ދަތުރުގެ ހިދްމަތް ފޯރުކޮށްދެވޭ އިރު، މާލެއިން ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 12:30 އާހަމައަށް ވަކިގަނޑިތަކެއްގައި ބަހުގެ ހިދްމަތް ފޯރުކޮށްދިނުމަށް ގްރޭޓަރ މޭލޭ ޓްރާންސްޕޯޓް ލިންކުން ހާމަކޮށްފައިވެއެވެ.
ބަހުގެ ޚިދުމަތް ލިބިގެންދާނީ، ނިކުމެ އުޅުމުގެ ހާއްސަ ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ. ކޮވިޑް-19 މާލެ ސަރަހައްދުގައި ފެތުރެމުންދާތީ، އާއްމު ދަތުރުރުފަތުރުގެ ޚިދުމަތްތައް މެދުކަނޑާލާފައިވަނީ މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުއެވެ.