ދުނިޔޭގެ 80 ގައުމަކުންނާއި ސަރަހައްދުތަކުން ފޭސް މާސްކާއި، ޕްރޮޓެކްޓިވް ގިއަރާއި، އަންގި އަދި ސިއްހީ އާލަތްތައް އެގައުމުތަކުން ބޭރުކުރުން މަނާކޮށް ނުވަތަ ލިމިޓްކޮށްފައިވާ ކަމަށް ވޯރލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިޔުޓީއޯ) އިން ބުނެފި އެވެ.
ޑަބްލިޔުޓީއޯ އިން ބުނީ އެއޯގަނައިޒޭޝަންގެ 72 ގައުމަކުންނާއި އެއޯގަނައިޒޭޝަން ނޫން 8 ގައުމަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު އެކްސްޕޯޓްކުރުން އެއްކޮށް މަނާކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަން އެއޯގަނައިޒޭޝަނަށް އަންގާފައިވަނީ 13 ގައުމަކުން ކަމަށް ޑަބްލިޔުޓީއޯ އިން ބުނެއެވެ.
ޑަބްލިޔުޓީއޯ އިން ބުނާގޮތުގައި ދެފުށް ފެންނަގޮތަށް މަސައްކަތްތައް ނުކުރެވުމުގެ ސަބަބުންނާއި ބައިނަލްއަގްވާމީ މުޖުތަމަޢު އާ ގުޅުންބާއްވަންޖެހޭ މިންވަރަށް ގުޅުން ނުބޭއްވުމުގެ ސަބަބުން މިވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ ކަންތައްތަކަށް މަޑުޖެއްހުމެއް އާދެ އެވެ. މިހާތަނަށް އައިރު ވައިރަސް ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ޖެހިފަ އެވެ.
އެކްސްޕޯޓަށް މިގެންނަ ބަދަލު އެނގޭ ކީއްވެގެންކަން އެބަދަލުތައް ގައުމުތަކުން ގެންނަނީ. އެހެންނަމަވެސް ބައިލަންއަގްވާމީ މުޖުތަމަޢުއާ އޮންނަ ގުޅުންތައް ހީނަރުވުމުގެ ސަބަބުން މިތަކެތި އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް މިތަކެތި ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް ދިމާވެ ސަޕްލައިއަށް އަސަރުކުރަމުންދޭ.ޑަބްލިޔުޓީއޯގެ ރިޕޯޓް
ޑަބްލިޔުޓީއޯއިން ބުނާގޮތުގައި ކުރީއްސުރެ ސިއްހީ ސާމާނު ސަޕްލައިކުރުމަށް އުފެދިފައިވާ ސަޕްލައި ޗެއިންސްތަކަށް މިކަމުގެ ސަބަބުން އަސަރުކޮށް އެންމެ ބޮޑަށް މިފަދަ ތަކެތި ބޭނުންވާ ގައުމުތަކަށް ތަކެތި ފޯރުކޮށްދިނުމަށް ދަތިތަކެއް ދިމާވެ އެވެ.
މުދާ އެކްސްޕޯޓް ކުރުން މަނާކުރުމާއި އެކަންކަމަށް ވަކި މިންގަނޑެއް ގެންގުޅުމަކީ ޑަބްލިޔުޓީއޯއިން ގެންގުޅޭ އުސޫލުތަކާއި ޚިލާފު ކަމެކެވެ. އަދި މިފަދަ ކަމެއްކުރެވޭނީވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ދިމާވާނެ ދަތިތަކާއި އަރާ އޮޅުންތައް ހައްލުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށްފަހު އެވެ.
ގައުމުތަކަށް ދަތުރުކުރުގައި މިހާރުވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ބޭނުންވާ ތަކެތި ގައުމުތަކަށް ފޯރުކޮށްދިނުމަށް މިހާރުވެސް އަންނަނީ ލަސްތަކެއް ވަމުންނެވެ. އެހެން އެކަން ވަނިކޮށް ގައުމުތަކުން މިތަކެތި އެކްސްޕޯޓްކުރުމުގައި ވަކި މިންގަނޑެއް ގެންގުޅުމުގެ ސަބަބުން ސަރުކާރުތަކަށާއި ވިޔަފާރިތަކަށް އަންނަނީ ދެން އެސާމާނު ހޯދާނެ އެހެން ގޮތްތަކެއް ހޯދުމަށް އުނދަގޫތަކެއް ކުރިމަތި ވަމުންކަމަށް ޑަބްލިޔުޓީއޯ ގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މިިދިޔަ މަހު ޖީ 20 ގެ ގައުމުތަކުގެ ލީޑަރުން މަޝްވަރާ ކުރުމަށްފަހު ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މުދާ އެކްސްޕޯޓްކުރުމުގެ ކަންކަން މަނާކުރުން ނުވަތަ ވަކި އިމެއް ކަނޑައަޅާނީ ދެފުށް ފެންނަ ، ވަކިކަމަކަށް ޓާގެޓްކޮށްގެން އަދި ކުރު މުއްދަތަކަށް ކަމަށެވެ. ނަމަވެސް އެސްޕޯޓްކުރުމަށް މިގެންގުޅޭ އައު އުސޫލުތައް ފެންނަން ފަށާފައިވަނީ އޭގެ ފަހުންނެވެ.
މިދިޔަ ހަފްތާގައި އެމެރިކާއިން ވަނީ ޗައިނާއިން އެކްސްޕޯޓްކުރުމުގައި ގެންގުޅޭ ކޮލިޓީ ކޮންޓްރޯލް އުސޫލުތައް އަލުން މުރާޖާކުރުމަށް އެދިފައެވެ. ބުރާސްފަތި ދުވަހުން ފްރާންސުން ވަނީ ޔޫރަޕްގެ އެހެން ގައުމުތަކުން ތަކުރާރުކޮށް ފްރާންސުން ސިއްހީ ސާމާނު ވަކިން ޚާއްސަކޮށް ބޭސް ބޭނުންވާކަން ބުނަމުންދަނިކޮށް އެގައުމުން ބޭރު ކުރުން މަނާކޮށްފައިވާ ބޭހުގެ ލިސްޓަށް އިތުރު ބޭސްތަކެއް ލާފަ އެވެ.
ޑަބްލިޔުޓީއޯއިން ބުނާގޮތުގައި މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުގައި ލިބެން ހުންނަ މިފަދަ ތަކެތީގެ ނިސްބަތް ދަށަށްދާނެ ކަމަށެވެ.
ދިގު މުއްދަތަކަށް މިކަން މިގޮތަށް ކުރާނަމަ އޭގެން ނިކުންނާނެ ނޭދެވޭ އަސަރު ބޮޑު ކަމަށާއި އެހެންކަމުން މިކަމަށް ސަމާލުވާންޖެހޭ ކަމަށް ޑަބްލިޔުޓީއޯއިން ބުނެއެވެ. މީގެއިތުރުން މިކަމާއެކު ސިޔާސީ ގޮތުން ކުރިމަތިވާ ޚިޔާލުތަފާތުވުންތަކާ އެންމެންނަށް އެކައްޗެއް ނުކިޔުމުގެ ނަތީޖާއެއްގެ ގޮތުން މިވައިރަސް އިން ރައްކާތެރިވުމަށް ދުނިޔެއިން ކުރަމުންދާ މަސައްކަތްތަކަށް އަސަރުކުރަމުންދާ ކަމަށް ޑަބްލިޔުޓީއޯއިން ފާހަގަކުރެ އެވެ. އަދި އެކަމުގެ ސަބަބުން ސިއްހީ ސާމާނު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްނުދެވި މުޅި ދުނިޔެއަށް އޭގެ އަސަރުކުރާނެ ކަމަށް ޑަބްލިޔުޓީއޯއިން ބުނެއެވެ.